ދިވެހި|English 18 އޮކްޓޯބަރު 2026 · 03:39
Top banner
Advertisement
ފައްޔާޒު އައްޑޫގައި: އުންމީދު ކުރަނީ އެމްޑީޕީގެ ގިނަ މެންބަރުންނާ ބައްދަލުވާނެ ކަމަށް!
ޚަބަރު

ފައްޔާޒު އައްޑޫގައި: އުންމީދު ކުރަނީ އެމްޑީޕީގެ ގިނަ މެންބަރުންނާ ބައްދަލުވާނެ ކަމަށް!

އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން ފައްޔާޒު އިސްމާޢީލް އައްޑޫ ސިޓީއަށް ވަޑައިގެންފިއެވެ.

މމުހައްމަދު އަލީ18 އޮކްޓޯބަރު 2026

ފައްޔަޒަކީ ކުރިއަށްއޮތް ރިޔާސީ އިންތިޚާބުގައި އެމްޑީޕިގެ ރިޔާސީ ޓިކެޓަށް ވާދަކުރައްވާނޭ ކަމަށް އެންމެ ފުރަތަމަ އިޢުލާން ކުރެއްވި "ކެންޑިޑޭޓް" އެވެ.

ފައްޔާޒު އައްޑުއަށް ވަޑައިގެންނެވީ ކުރިއަށްއޮތް ރިޔާސީ ޕްރައިމަރީއަށް ކެންޕޭން ކުރެއްވުމަށް ކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ. އޭނާ އައްޑުއަށް ވަޑައިގެންނެވުމުން ގިނަ ޢަދަދެއްގެ ސަޕޯޓަރުން ވަނީ ގަންއިންޓަރނޭޝަނަލް އެއަރޕޯޓަށް ގޮސް މަރުހަބާ ކިޔައިފައެވެ. އޭގެ ތެރޭގައި އައްޑޫގެ މޭޔަރާއި ކައުންސިލަރުންނާއި ޑަބްލިޔުޑީސީގެ މެންބަރުން ވެސް ހިމެނެއެވެ.

އައްޑޫސިޓީން ފައްޔާޒަށް ކިޔާފައިވާ ހޫނު މަރުޙަބާއަށް އޭނާ ވަނީ ޝުކުރު އަދާ ކުރައްވައިފައެވެ. "އައްޑޫއަށް އައުމުން ތިޔަ ވިދާޅުވި ހޫނު މަރުހަބާއަށް ޝުކުރު ދަންނަވަން. މި ދަތުރުގައި ވީހާވެސް ގިނަ އައްޑޫގެ އެމްޑީޕީ މެންބަރުންނާ ބައްދަލުވާނެ ކަމަށް އުންމީދުކުރަން،" ފައްޔާޒު ވިދާޅުވެފައިވެއެވެ.

މި ދަތުރުގައި އައްޑޫގެ އެކި އަވަށްތަކަށް ވަޑައިގެން ކެންޕޭން ހަރަކާތްތައް ހިންގަވާނޭ ކަމަށް ވަނީ މަޢުލޫމާތު ލިބިފައެވެ. މިދަތުރުގައި ފައްޔާޒު ހަފްތާއެއްހާ ދުވަސް އައްޑޫގައި ހޭދަކުރައްވާނޭ ކަމަށް ވެސް މައުލޫމާތު ވަނީ ލިބިފައެވެ.

 

ގުޅުންހުރި ޚަބަރު