ދިވެހި|English 18 އޮކްޓޯބަރު 2026 · 12:12
Top banner
Advertisement
ރަސްމާލެ މަޝްރޫއާ ބެހޭގޮތުން ބަސް ބުނަން ތެދުވާންޖެހޭ: އިމްރާން
ޚަބަރު

ރަސްމާލެ މަޝްރޫއާ ބެހޭގޮތުން ބަސް ބުނަން ތެދުވާންޖެހޭ: އިމްރާން

ކޮންމެ ދަރިއަކުވެސް ރަސްމާލޭ މަޝްރޫއު ހިނގާގޮތް ދިރާސާކޮށް ބަލަންޖެހޭ.

މމުހައްމަދު އަލީ18 އޮކްޓޯބަރު 2026

ދިވެހި ޤައުމުދެކެ ލޯބިވާ އަދި ގައުމީ ވިންދާއި ލޭ ހިނގާ ކޮންމެ ދިވެހި ދަރިޔަކު ރަސްމާލޭ މަޝްރޫޢުގެ ކަންކަން ހިނގަމުންދާ ގޮތް ރަނގަޅަށް ބަލައި ދިރާސާކުރުމަށްފަހު ޤައުމާއި ދީނުގެ ޙައްގުގައި އަޑުހަރުކޮށް ބަސްބުނަން ތެދުވަން ޖެހޭ ކަމަށް ކުރީގެ ހޯމް މިނިސްޓަރ އައްޝައިޚް އިމްރާމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

އެކްސްގައި ކުރައްވާފައިވާ ޕޯސްޓެއްގައި ޝައިޚް ވިދާޅވެފައިވަނީ "ރަސްމާލެ ވިއްކާލުމުގެ މައްސަލަ އަކީ އެކަމުގެ ފަހަތުގައިވާ ނުރައްކާތެރިކަމާއި ބިރުވެރިކަން ކުޑަކޮށް ދިރާސާކޮށް ބަލާލިޔަސް ސާފުކޮށް ޙަޤީގަތް ފެންނާނެ މައްސަލައެއް،" ކަމަށެވެ.

މީގެ ސަބަބުން ރާއްޖެއަށް ލިބިގެންދާނޭ ގެއްލުންތައް ބޮޑު ކަމަށާއި އެގެއްލުން އެތައް ޖީލަކަށް ދެމިގެންދާނޭ ކަމަށް އިމްރާން ވިދާޅުވެފައިވެއެވެ. "މި ޑީލުގެ ސަބަބުން ރާއްޖެއަށް ލިބޭނެ ގެއްލުންތަކަކީ އެތައް ޖީލުތަކަކަށް ދެމިގެންދާނެ ނުރަށްކާތެރި ބިރުވެރި ކަންކަން،" އޭނާ ވިދާޅުވިއެވެ.

މިކަންބޮޑުވުންތަކަށް ސަރުކާރުން ގެންދަވަނީ ހިމޭން ކަމާއެކު ރައްދު ދެއްވަމުންނެވެ. ސަރުކާރުން ވިދާޅުވެފައިވަނީ މި މަޝްރޫއުގައި ދިވެހީންނަށް ގެއްލުންވާނޭ އެއްވެސް ކަމެއްނެތް ކަމަށެވެ. އަދި ފަލަސްތީނުގެ އާންމުން މަރާ ހުސްކުރަމުންދާ އަނިޔާވެރި އިސްރާއީލާ ގުޅުން އޮތް އެއްވެސް ފަރާތަކަށް ރަސްމާލެއިން ބިން ނުވިއްކާނޭ ކަމަށް ވެސް ސަރުކާރުން ގެންދަވަނީ ވިދާޅުވަމުންނެވެ.

ސަރުކާރުން މިހެން ވިދާޅުވިޔަސް މިކަމާ ކަންބޮޑުވާ މީހުން ބުނަނީ ރަސްމާލެ މަޝްރޫއު ހިންގުމަށް އީގަލްހިލްސް އާއެކު ވެފައިވާ އެއްބަސްވުން ހާމަކުރުމަށެވެ. އެހެންނަމަވެސް ސަރުކާރުން އަދި އެކަން ކުރައްވާފައެއް ނުވެއެވެ.

 

ގުޅުންހުރި ޚަބަރު