ދިވެހި|English 18 އޮކްޓޯބަރު 2026 · 23:57
Top banner
Advertisement
ޣައްޒާއިން ހަތް މީހަކު ޒަޚަމް ޝަހީދު ކޮށްލައިފި
ދުނިޔެ

ޣައްޒާއިން ހަތް މީހަކު ޒަޚަމް ޝަހީދު ކޮށްލައިފި

ފާއިތުވި 24 ގަޑިއިރު ތެރޭގައި ފަލަސްތީނުގެ ޣައްޒާގެ ޢައްސޭރިފަށަށް އިޒްރޭލުން ދިން ޙަމަލާތަކުގައި ފަލަސްތީނުގެ ހަތް މީހަކު ޝަހީދުވެ 25 މީހަކު ޒަޚަމް ވެއްޖެ ކަމަށް އިރްނާ އިިން ބުނެފިއެވެ.

އއަހުމަދު މުހައްމަދު18 އޮކްޓޯބަރު 2026

މިއާއެކު 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން މިހާތަނަށް ފަލަސްތީނުން ޝަހީދުވި މީހުންގެެ ޖުމްލަ އަދަދު މިވަނީީ 74،475 އަށް އަރާފައެވެ.

ޣައްޒާގެ ޞިއްޙަތާ ބެހޭ ވުޒާރާއިން އާދީއްތަ ދުވަހު ވިދާޅުވީ، 2023 ވަނަ އަހަރުގެ އޮކްޓޯބަރު 7 އިން ފެށިގެން ޒަޚަވި ފަލަސްތީނު މީހުންގެ ޢަދަދު 175،517 އަށް އަރާފައިވާ ކަމަށެވެ.

ނިމިދިޔަ 2025 ވަނަ އަަހަރު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް ޢަމަލުކުރަން ފެށި ފަހުން، އިޒްރޭލުގެ ޙަމަލާތަކުގައި ފަލަސްތީނުން ވަނީ 1،517މީހަކު ޝަހީދުވެފައެވެ. އަދި 5،400 މީހުން ޒަޚަވެފައިވާ ފަލަސްތީނުގެ ސިއްހަތާ ބެހޭ ވުޒާރާއިން ވިދާޅުވެފައިވެއެވެ. މި ހަމަލާތަކުގައި އަލް-ދަރަޖް ސަރަޙައްދަށް އިޒްރޭލުން ދިން ބޮމުގެ ޙަމަލާތަކުގައި މަރުވެ، އިމާރާތްތަކުގެ ދަށުވި 75 މީހުންގެ ހަށިތައް ނަގައި މިހާރުވަނީ ވަޅުލާފައި ކަމަށް އެ ވުޒާރާގެ ރިޕޯޓުތަކުން އެނގެއެވެ.

ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެެއް އޮތް ކަމަށްވިޔަސް އިޒްރޭލުން ގެންދަނީ އެ ޙިޞާރުކުރެވިފައިވާ ސަރަޙައްދަށް މެދުކެނޑުމެއްނެތި ބޮންއަޅަމުންނެވެ.

ގުޅުންހުރި ޚަބަރު