ދިވެހި|English 19 އޮކްޓޯބަރު 2026 · 10:23
Top banner
Advertisement
ފަރެސްމާތޮޑާ ގެއެއްގައި ރޯވެ ބޭނުން ނުކުރެވޭ ވަރަށް އަނދައިފި
ޚަބަރު

ފަރެސްމާތޮޑާ ގެއެއްގައި ރޯވެ ބޭނުން ނުކުރެވޭ ވަރަށް އަނދައިފި

ފަރެސްމާތޮޑާ ގެއެއްގައި (ފަސް ފިޔަ) އަލިފާން ރޯވެ ބޭނުން ނުކުރެވޭ ވަރަށް އަނދައިފިއެވެ.

މމުހައްމަދު އަލީ19 އޮކްޓޯބަރު 2026

ފުލުހުން ވިދާޅުވީ މިހާތަނަށް ބެލިބެލުމުން އަލިފާން ރޯވާން ދިމާވީ ކަރަންޓު ޝޯޓެއްވެ އޭސީގައި ރޯވެގެންނެވެ.

ފަރެސްމާތޮޑާ ފަސް ފިޔަ ގޭގައި ރޯވި އަލިފާން ނިއްވާލުމުގެ މަސައްކަތް ކުރިއަށް

މިހާދިސާގައި ގޭގެ ވެރިމީހާގެ ކޮނޑު ކޮންމެވެސް ވަރަކަށް ފިހިފައިވާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ. އިތުރު އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިނުވާ ކަމަށް ފުލުހުން ވިދާޅުވިއެވެ. އެ ވަގުތު އެގޭގައި ފަސް މީހަކު ނިދާފައި ތިބި ކަމަށް ވެސް އެނގިފައިވެއެވެ. ހިތާމަވެރި މިހާދިސާގައި އެގޭގެ ހުރިހާ މުދަލެއްވެސް ވަނީ އަނދައިގެން ގޮސްފައެވެ. ފަރެސްމާތޮޑާ ކައުންސިލުން މިހާރުވަނީ މި އާއިލާއަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފައެވެ. މީގެ އިތުރުން އެ އާއިލާއަށް މާލީ އެހީތެރިކަން ދިނުމަށް ވެސް ކައުންސިލުން މިއަދު ވަނީ ނިންމާފައެވެ. އެ ފައިސާ ކުރިއަށްއޮތް ގަޑިއެއްހާ އިރުތެރޭ ހަމަޖެހޭނޭ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

ރޯވި އަލިފާން ނިއްވާލެވިފައިވަނީ ދެގަޑިއެއްހާއިރުގެ މަސައްކަތުންނެވެ. އަނިފާން ނިއްވާލުމުގެ މަސައްކަތުގައި ފަރެސްމާތޮޑާ އެއަރޕޯޓްގެ މުވައްޒަފުންނާއި ފުލުހުންނާއި އާންމު ރައްޔިތުން ބައިވެރިވެފައި ވެއެވެ.

ގުޅުންހުރި ޚަބަރު