ދިވެހި|English 21 އޮކްޓޯބަރު 2026 · 01:38
Top banner
Advertisement
ރަސްމާލެ މަޝްރޫޢަކީ ދީނާއި ސިޔާދަތާއި މިނިވަންކަން ކަށަވަރުކުރެވިގެން، ހިންގޭނެ މަޝްރޫޢެއް: ރައީސް
ޚަބަރު

ރަސްމާލެ މަޝްރޫޢަކީ ދީނާއި ސިޔާދަތާއި މިނިވަންކަން ކަށަވަރުކުރެވިގެން، ހިންގޭނެ މަޝްރޫޢެއް: ރައީސް

ރަސްމާލެ މަޝްރޫޢަކީ ރާއްޖޭގެ ޤާނޫނީ އޮނިގަނޑުގެ ތެރެއިން ހިންގޭނެ މަޝްރޫޢެއްކަމުގެ ޔަޤީންކަން، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ދިވެހި ރައްޔިތުންނަށް ދެއްވައިފިއެވެ.

ހިރި ނިއުސްހިރި ނިއުސް20 އޮކްޓޯބަރު 2026

ރަސްމާލެ މަޝްރޫޢަކީ ދިވެހިންގެ ދީނާއި ސިޔާދަތާއި މިނިވަންކަން ކަށަވަރުކުރެވިގެން، ދިވެހިރާއްޖޭގެ ޤާނޫނީ އޮނިގަނޑުގެ ތެރެއިން ހިންގޭނެ މަޝްރޫޢެއްކަމުގެ ޔަޤީންކަން، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ދިވެހި ރައްޔިތުންނަށް ދެއްވައިފިއެވެ.

މިފަދަ މޭރުމަކުން ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅުދައްކަވާފައި މި ވަނީ، "ދަ ޕަލްސް" ސިލްސިލާ ޕޮޑްކާސްޓްގެ 8 ވަނަ އެޕިސޯޑްގައެވެ.

މިއަދު މެންދުރު ބްރޯޑްކާސްޓްކުރެވުނު މި ޕޮޑްކާސްޓްގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މިއީ ދިވެހި އިޤްތިޞާދުގެ މިސްރާބު ބަދަލުކޮށްލާނެ، އަދި ދިވެހިންނަށް އެތައް ފައިދާތަކެއް ލިބިގެންދާނެ މަޝްރޫޢެއް ކަމަށެވެ.

މާލެ ސަރަޙައްދުގައި ހިންގާ އެންމެ ބޮޑު ބޯހިޔާވަހިކަމުގެ މަޝްރޫޢު ކަމުގައިވާ ރަސްމާލެ ތަރައްޤީކުރުމުގެ މަޝްރޫޢާ ގުޅޭގޮތުން ރައްޔިތުންގެ މެދުގައި ވާހަކަދެކެވޭކަން ޤަބޫލުފުޅުކުރައްވާކަން ފާހަގަކުރައްވާ، އެ މަޝްރޫޢުގެ ޙަޤީޤަތްތައް ހާމަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ރަސްމާލެ މަޝްރޫޢާ ގުޅިގެން ރައްޔިތުންގެ ހިތްތަކުގައި އުފެދިފައިވާ ޙަޤީޤީ ކަންބޮޑުވުންތަކާއި، އިދިކޮޅު ފަރާތްތަކުން ސިޔާސީ ބޭނުމެއްގައި ފަތުރަމުންދާ ތުހުމަތުތަކާ ދެމެދު ތަފާތެއްވާކަމުގައެވެ. ރައްޔިތުންގެ ތެރެއިން ބައެއް ފަރާތްތަކުން ޒިންމާދާރުކަމާއެކު އޮޅުންފިލުވަން ބޭނުންވާ ކަންކަން ހުރިކަން ޤަބޫލުފުޅުކުރައްވައި، އެއްވެސް ކަމެއް ސިއްރުކުރުމެއްނެތި ސަރުކާރުން ދަނީ ފުރިހަމަ ހާމަކަންބޮޑު ގޮތެއްގައި އެ މަޢުލޫމާތުތައް ފޯރުކޮށްދެމުންކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ. އެހެންނަމަވެސް، ބޭރު މީހުންނަށް ބިން މިލްކުކުރެވޭނެ ކަމަށާއި ދީނީ ކަންކަމާ ގުޅުވައިގެން ދައްކާ ވާހަކަތަކަކީ މަޢުލޫމާތު ނުލިބޭތީ ދައްކާ ވާހަކަތަކެއް ނޫންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އޭގެ ބަދަލުގައި އެއީ ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެއްދުމުގެ ނިޔަތުގައި ސިޔާސީ ބޭފުޅުން އަޑީގައި ތިއްބަވައިގެން ރާވައިގެން ފަތުރާ އަސާސެއް ނެތް ތުހުމަތުތަކެއް ކަމަށް ވަނީ ފާހަގަކުރައްވާފައެވެ.

-ޚަބަރާއި ފޮޓޯ ރައީސް އޮފީީސް

ގުޅުންހުރި ޚަބަރު