ދިވެހި|English 22 އޮކްޓޯބަރު 2026 · 00:40
Top banner
Advertisement
 ޕާކިސްތާނުގެ ބޮޑުވަޒީރު ދެއްވި މެންދުރުގެ ފަރިއްކޮޅެއްގައި ރައީސް ބައިވެރިވެވަޑައިގެންފި
ޚަބަރު

ޕާކިސްތާނުގެ ބޮޑުވަޒީރު ދެއްވި މެންދުރުގެ ފަރިއްކޮޅެއްގައި ރައީސް ބައިވެރިވެވަޑައިގެންފި

ޕާކިސްތާނުގެ ބޮޑުވަޒީރު ދެއްވި މެންދުރުގެ ފަރިއްކޮޅެއްގައި ރައީސް މުއިއްޒު ބައިވެރިވެވަޑައިގެންފިއެވެ.

ހިރި ނިއުސްހިރި ނިއުސް21 އޮކްޓޯބަރު 2026

އިސްލާމިކް ރިޕަބްލިކް އޮފް ޕާކިސްތާނުގެ ބޮޑުވަޒީރު މުޙައްމަދު ޝަހްބާޒް ޝަރީފް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ޝަރަފުގައި ދެއްވި މެންދުރުގެ ފަރިއްކޮޅެއްގައި އެމަނިކުފާނު ބައިވެރިވެވަޑައިގެންފިއެވެ.

މި ފަރިއްކޮޅުގައި ދިވެހިރާއްޖެއާއި ޕާކިސްތާނު ސަރުކާރުގެ ކެބިނެޓް މިނިސްޓަރުންނާއި އެހެނިހެން އިސް އޮފިޝަލުންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މި ފަރިއްކޮޅުގެ ތެރެއިން، ދެ ޤައުމުގެ މެދުގައި އޮތް ދޭދޭ ގުޅުން ބަދަހިކުރުމާއި، އިތުރު ދާއިރާތަކުން ގުޅިގެން މަސައްކަތްކުރެވިދާނެ ގޮތްތަކާމެދު ދެ ލީޑަރުން މަޝްވަރާކުރެއްވިއެވެ. އަދި ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެމެދު އޮތް ޒަމާންވީ އެކުވެރިކަމުގެ ގުޅުމަށް އަލިއަޅުއްވާލައްވައި، ދެ ޤައުމަށްވެސް ފައިދާހުރި ދާއިރާތަކުން ގުޅިގެން މަސައްކަތްކުރުމަށް ދެބޭފުޅުން ވަނީ އެއްބަސްވެވަޑައިގެންފައެވެ.

މިހިނގާ އޮކްޓޫބަރު މަހުގެ 20 އިން 22 އަށް، ރައީސުލްޖުމްހޫރިއްޔާ ޕާކިސްތާނަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅަކީ ޕާކިސްތާނުގެ ބޮޑުވަޒީރު ޝަހްބާޒް ޝަރީފްގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.

-ޚަބަރާއި ފޮޓޯ ރައީސް އޮފީސް

ގުޅުންހުރި ޚަބަރު