އެކްސްގައި ކުރައްވާފައިވާ ޕޯސްޓެއްގައި އޭނާ ވިދާޅުވެފައިވަނީ "އިރާދަކުރެއްވިއްޔާ މި އަޑިގަނޑުން ދިވެހި ރައްޔިތުން ސަލާމަތްކޮށް އަދަށްވުރެ ފުދުންތެރި ދިވެހިރާއްޖެއެއް ހޯދައިދޭނަން،" ކަމަށެވެ.
ރާއްޖެ މިހާރުއޮތް ހާލަތާ ބެހޭގޮތުން ޝާހިދު ވިދާޅުވެފައިވަނީ ޑޮލަރު ލިބުމާއި ޓީޓީހެދުމާއި ޓީމޫ ފަދަ ތަންތަނުން ވިޔަފާރިއެއް ނުކުރެވޭ ކަމަށެވެ.
"މިސަރުކާރުގެ ދެއުޅި އެއްނުވާ ސިޔާސަތު ތަކުގެ ސަބަބުން ބާޒާރުން ޑޮލަރު ހުސްވެ ރައްޔިތުންނަށް ދަތިވެއްޖެ. ވިޔަފާރިތަކަށް ޓީޓީ ހެދޭނެގޮތެއްނެތި ވިޔަފާރިވެރިންނަށް ދަތިވެއްޖެ. ޓީމޫ އޯޑަރެއް ކޮށްނުލެވި، ތާށިވެއްޖެ،" އޭނާ ވިދާޅުވެފައިވެއެވެ. ޝާހިދު ވިދާޅުވެފައިވަނީ "މިހިސާބަށް ކަންތައްދިޔުމުން ސަރުކާރުގެ އިޤްތިޞާދީ ސިޔާސަތު ފެއިލްވެއްޖެކަން ހުރިހާ ރައްޔިތުން ޤަބޫލުކުރޭ،" ކަމަށެވެ.





