ރާއްޖޭގެ މޫސުން ގޯސްވެ އުތުރާއި ދެކުނުގެ ރަށްތަކަށް ބޯކޮށް ވާރޭވެހި މަގުތަކުގައި ފެންބޮޑުވަމުންދާތީ ރައްޔިތުން މިކަމަށް ސަމާލުވުމަށް ފުލުހުން އެދިވަޑައިގެންފިއެވެ. ފުލުހުން ވިދާޅުވެފައިވަނީ ފެންބޮޑުވުމުެ ސަބަބުން ގެދޮރަށާއި މުދަލަށް ގެއްލުންވަމުންދާ ކަމަށެވެ. އެެހެންކަމުން "ހުރިހާ ރައްޔިތުންވެސް މިކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުއްވުން އެދެމެވެ."
މި ހާލަތު ދިމާވެފައިވާ ރަށްރަށުގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ފުލުހުން ދަނީ އެރަށްރަށުގައި ހަރަކާތްތެރިވަމުން ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.





