ދިވެހި|English 24 އޮކްޓޯބަރު 2026 · 17:27
Top banner
Advertisement
ކަނޑުގެ މައިންތަކެއްގައި ޖެހި ދެ ސުޕަރޓޭންކަރަށް ބޮޑެތި ގެއްލުންވެއްޖެ
ދުނިޔެ

ކަނޑުގެ މައިންތަކެއްގައި ޖެހި ދެ ސުޕަރޓޭންކަރަށް ބޮޑެތި ގެއްލުންވެއްޖެ

ހޮރްމުޒް ކަނޑުއޮޅިން ދަތުރުކުރި ދެ ސުޕަރޓޭންކަރެއްގައި ކަނޑުގެ އައިޑީ މައިން (ސީ މައިން) ތަކެއް ޖެހި ގެއްލުންތަކެއް ލިބިއްޖެއެވެ.

މމުހައްމަދު އަލީ24 އޮކްޓޯބަރު 2026

އީރާނުގެ އިސްލާމީ އިންޤިލާބީ ގާޑުންގެ ލަޝްކަރު (އައި.އާރު.ޖީ.ސީ) އިން ބުނެފައިވާގޮތުގައި، 4.5 މިލިއަނަށްވުރެ ގިނަ ފީފާ ތެޔޮ ހިފައިގެން ދަތުރުކުރަމުންދިޔަ ދެ ސުޕަރޓޭންކަރަށް ގެއްލުން ލިބުނީ ހޮރްމުޒް ކަނޑުއޮޅީގެ ދެކުނުން (ހުއްދަނެތް މަގަކުން) ދަތުރުކުރަން އުޅުމުގެ ތެރޭގައި ކަނޑުގެ މައިންތަކެއްގައި ޖެހިގެން ކަަމަށެވެ.

ހުކުރު ދުވަހުގެ ފަހުވަގުތު ނެރުނު ބަޔާނެއްގައި އައި.އާރު.ޖީ.ސީން ބުނެފައިވަނީ، އެ ދެ އުޅަނދުގައި ކުރިން ދުވަހު ނަވަލް މައިންތަކެއް ޖެހި، އޭގެ ސަބަބުން އިންޖީނު ރޫމުގައި ގޮވުންތައް ގޮވައި އަލިފާނުގެ ބޮޑު ހާދިސާތަކެއް ހިނގާފައިވާ ކަމަށެވެ.

މި ގެއްލުންތަކުގެ ސަބަބުން ދެ އުޅަނދުވެސް ނުދުއްވޭ ވަރަށް ހަލާކުވެ، އެ ސަރަހައްދުގައި ހަރަކާތްތެރި ނުވެވޭ ވަރުވެފައިވާ ކަމަށް ބުނެފައިވެެއެވެ. ހޮރްމުޒް ކަނޑުއޮޅީގެ ދެކުނު އައްސޭރިފަށާ ދުރަށް އެ އުޅަނދުފަހަރު ދޫކޮށްލުމަށްފަހު ފަޅުވެރީން ވަނީ އިން ފައިބައިގެން ގޮސްފައި ކަމަށް އީރާނުން ބުނެފައިވެއެވެ.

ގުޅުންހުރި ޚަބަރު