ދިވެހި|English 25 އޮކްޓޯބަރު 2026 · 02:18
Top banner
Advertisement
ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމުގެ ހަތަރުވަނަ ބެޗުގެ ދަރިވަރުންނަށް ރައީސް ހިތްވަރު ދެއްވައިފި
ޚަބަރު

ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމުގެ ހަތަރުވަނަ ބެޗުގެ ދަރިވަރުންނަށް ރައީސް ހިތްވަރު ދެއްވައިފި

ދިވެހި ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމުގެ ހަތަރުވަނަ ބެޗު މިއަދު އިފްތިތާހު ކުރުމުން ބައިވެރީންނަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ކާމިޔާބަށް އެދިވަޑައިގެން ހިތްވަރު ދެއްވައިފިއެވެ.

ހިރި ނިއުސްހިރި ނިއުސް24 އޮކްޓޯބަރު 2026

ނޭޝަނަލް ސަރވިސް އިނީޝަލް ޓްރޭނިންގ ގެ 4 ވަނަ ބެޗުގެ ތަމްރީނުތައް ފެށީ 352 ޒުވާނުންނާއެކުގައެވެ. މި ބެޗުގައި ރާއްޖޭގެ ހުރިހާ އަތޮޅެއް ހިމެނޭހެން 125 ރަށަކަށް ނިޞްބަތްވާ 288 ފިރިހެން އަދި 64 އަންހެން ޒުވާނުން ވަނީ ބައިވެރިވެފައެވެ. "ހުރިހާ ބައިވެރިންނަށް ވެސް ކާމިޔާބީއަށް އެދެން. އަދި ޕްރޮގްރާމް ފުރިހަމަކުރުމަށް ހިތްވަރާ ޢަޒުމާއެކު މަސައްކަތް ކުރުމަށް ނަޞޭޙަތްތެރިވެ ހިތްވަރު ދެން،" ރައީސް އެކްސްގައި ކުރައްވާފައިވާ ޕޯސްޓެއްގައި ވިދާޅުވެފައިވެއެވެ.

އެމަނިކުފާނު ވިދާޅުވެފައިވަނީ ދިވެހި ޤައުމިއްޔަތަށް ލޯބި ކުރާ ޒިންމާދާރު ޒުވާން ޖީލެއް ބިނާކުރުމަށް ސަރުކާރުން މިއަދު ކުރައްވަމުން ގެންދަވާ "މަސައްކަތް މާތް ﷲ ގެ ވާގިފުޅާއެކު ވެގެންދާނީ މި ޤައުމުގެ ޒުވާނުންގެ ކުރިމަގު ބައްޓަން ކުރުމަށް އެޅިގެންދާ ވަރަށް ހަރުދަނާ ބިންގަލަކަށް،" ކަމަށެވެ.

 

ގުޅުންހުރި ޚަބަރު