ދިވެހި|English 25 އޮކްޓޯބަރު 2026 · 12:01
Top banner
Advertisement
ފުނަދޫ އަލިފާން: ހަތަރު ގެއަކަށާއި ފަސް ވޯކްޝޮޕަކަށް އަސަރު ކޮށްފިފުނަދޫ ޕެޓްރޯލް ޝެޑުގައި ރޯވެފައި/ފޮޓޯ އެންޑީއެމްއޭ
ޚަބަރު

ފުނަދޫ އަލިފާން: ހަތަރު ގެއަކަށާއި ފަސް ވޯކްޝޮޕަކަށް އަސަރު ކޮށްފި

ވައިހުރިގޮތުން އަލިފާން ނިއްވުމަގައި ދަތިތަކެއް ދިމާވެފައިވާ ކަމަށް މައުލޫމާތު ލިބޭ.

މމުހައްމަދު އަލީ25 އޮކްޓޯބަރު 2026

ށ. ފުނަދޫ ބަނދަރު ސަރަޙައްދުގައި ހުރި ތެޔޮ ޝެޑެއްގައި މިއަދު ހެނދުނު ރޯވި އަލިފާނުގެ އަސަރު 4 ގެއަކަށާއި، 5 ވޯކްޝޮޕަކަށް ކޮށްފައިވާ ކަމަށް ޑިޒާސްޓަރ މެނޭޖުމެންޓް ސެންޓަރުން ވިދާޅުވެއްޖެއެވެ.

އަލިފާން ރޯވި ސަރަޙައްދުގައިހުރި ގެތަކުން މިހާރުވަނީ މީހުން ހުސްކުރެވިފައި ކަމަށް ވެސް އެ ސެންޓަރުން ވިދާޅުވިއެވެ. "މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވިކަމުގެ މަޢުލޫމާތެއް އަދި ލިބިފައެއް ނުވޭ،"

ހެނދުނު ރޯވި އަލިފާން އަދިވެސް ކޮންޓްރޯލްނުވާކަމަށް ޑިޒާސްޓަރ މެނޭޖުމެންޓް ސެންޓަރުން ވިދާޅުވިއެވެ. އަލިފާން ނިއްވުމުގައި ފުލުހުންނާއި، އެއަރޕޯޓް ފަޔަރ އަދި އާންމުން ދަނީ ހަރަކާތްތެރިވަމުން ކަމަށްވެސް ވިދާޅުވެފައިވެއެވެ. އެމްއެންޑީއެފްގެ ފަޔަރ ޓީމު މިހާރު ދަނީ ކުޅުދުއްފުށިން ފުނަދުއަށް ދަތުރުކުރަމުން ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.

ގުޅުންހުރި ޚަބަރު