ދިވެހި|English 25 އޮކްޓޯބަރު 2026 · 17:47
Top banner
Advertisement
ފުނަދޫ އަލިފާން: މިހާރުވަނީ އަލިފާން އެއްކޮށް ނިއްވާލެވިފައި
ޚަބަރު

ފުނަދޫ އަލިފާން: މިހާރުވަނީ އަލިފާން އެއްކޮށް ނިއްވާލެވިފައި

ތެޔޮ ޝެޑެއްގައި މިއަދު ހެނދުނު ރޯވި އަލިފާން ނިއްވާލެވިއްޖެ.

ހިރި ނިއުސްހިރި ނިއުސް25 އޮކްޓޯބަރު 2026

ށ. ފުނަދޫ ބަނދަރު ސަރަޙައްދުގައި ހުރި ތެޔޮ ޝެޑެއްގައި މިއަދު ހެނދުނު ރޯވި އަލިފާން މިހާރުވަނީ އެއްކޮށް ނިއްވާލެވިފައި ކަމަށް އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ.

މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވެއެވެ. އެހެންނަމަވެސް 4 ގެއަކަށާއި، 5 ވޯކްޝޮޕަކަށް އަލިފާނުގެ އަސަރުވަނީ ކޮށްފައެވެ. އަދި އެސަރަހައްދުގެ ބައެއް ގެތަކުން މީހުން ހުސްކުރަން ވެސް ޖެހުނެވެ. ހުސްކުރި ގެތަކަށް މީހުން އަލުން ބަދަލުކުރި ކަމެއް ކަށަވަރުވެފައެއް ނުވެއެވެ.

އަލިފާން ނިއްވާފައިވަނީ ފުލުހުންނާއި، އެއަރޕޯޓް ފަޔަރ އަދި އާންމުންނާއި އެމްއެންޑީއެފް ގުޅިގެން ކުރިމަސައްކަތުންނެވެ.

 

ގުޅުންހުރި ޚަބަރު