ދިވެހި|English 26 އޮކްޓޯބަރު 2026 · 11:52
Top banner
Advertisement
އައްޑުއަށް ވާން ޖެހޭ ގޮތް އެންމެ ރަނގަޅަށް އެނގޭނީ އައްޑޫ ރައްޔިތުންނަށް: ފައްޔާޒު
ޚަބަރު

އައްޑުއަށް ވާން ޖެހޭ ގޮތް އެންމެ ރަނގަޅަށް އެނގޭނީ އައްޑޫ ރައްޔިތުންނަށް: ފައްޔާޒު

އައްޑުއަށް ބޮޑު ބަދަލެއް އަންނާނެ ފަދަ ސިޔާސަތުތަކެއް އެކުލަވާލައްވާނެ ކަމަށް ވި.ދާޅުވި

މމުހައްމަދު އަލީ26 އޮކްޓޯބަރު 2026

އައްޑޫސިޓީއަށް ވާންޖެހޭ ގޮތް އެނގޭނީ އެސިޓީގެ ރައްޔިތުންނަށް ކަމަށް އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ވާދަކުރައްވަމުން ގެންދަވާ ފައްޔާޒު އިސްމާޢީލް ވިދާޅުވެއްޖެއެވެ.

އެމްޑީޕީ ރިޔާސީ ޕްރައިމެރީގެ ކެންޕޭނަށް އައްޑޫ ސިޓީއަށް ވަޑައިގެން އޭނާ ވަނީ "ސިޔާސަތު ވޯކްޝޮޕް" ބާއްވައިފައެވެ. އެ ވޯކްޝޮޕަށްފަހު އެކްސްގައި ކުރައްވާފައިވާ ޕޯސްޓެއްގައި ވިދާޅުވެފައިވަނީ "އައްޑޫއަށް ވާން ޖެހޭ ގޮތް އެންމެ ރަނގަޅަށް އެނގޭނީ މި ސިޓީ އާއި އަތޮޅުގެ ރައްޔިތުންނަށް،" ކަމަށެވެ. ފައްޔާޒު ވަނީ ސިޔާސަތު ވޯކްޝޮޕްތަކުގައި ބައިވެރިވެވަޑައިގެންނެވި އެންމެހާ ބޭފުޅުންނަށް ވަރަށް ބޮޑަށް ޝުކުރު އަދާ ކުރައްވައިފައެވެ.

މި ވޯކްޝޮޕްތަކުގައި ބައިވެރީން ހިއްސާކުރެއްވި ޚިޔާލާއި މަޝްވަރާއަށް ބިނާކޮށް "އިރާދުކުރެއްވިއްޔާ މި ސިޓީ އާއި އަތޮޅަށް ބޮޑު ބަދަލެއް އަންނާނެ ފަދަ ސިޔާސަތުތަކެއް އަޅުގަނޑުމެން ލިޔެ އެކުލަވާލާނަން،" ފައްޔާޒު ވިދާޅުވެފައެވެ.

 

ގުޅުންހުރި ޚަބަރު