ދިވެހި|English 26 އޮކްޓޯބަރު 2026 · 12:18
Top banner
Advertisement
ފުނަދޫ އަލިފާން: އެގާރަ މީހަކަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއުން ބުއިން ހަމަޖައްސައިދީފިފޮޓޯ އެންޑީއެމްއޭ
ޚަބަރު

ފުނަދޫ އަލިފާން: އެގާރަ މީހަކަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއުން ބުއިން ހަމަޖައްސައިދީފި

މިހާދިސާގައި ޖުމްލަ އަށާރަ މީހަކަށް ވަނީ އެހީތެރިކަން ފޯރުކޮށްދޭން ޖެހުނު

މމުހައްމަދު އަލީ26 އޮކްޓޯބަރު 2026

ށ.ފުނަދޫގައި އިއްޔެ ހިނގި އަލިފާނުގެ ހާދިސާގައި ގެއްލުން ލިބުނު ގެއެއްގައި ދިރިއުޅޭ 11 މީހަކަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއިންބުއިމުގެ އިންތިޒާމް ހަމަޖައްސައިދީފި ކަމަށް ނެޝަނަލް ޑީޒާސްޓަރ މެނޭޖުމެންޓް ސެންޓަރ (އެންޑީއެމްއޭ) އިން ވިދާޅުވެއްޖެއެވެ. އެތަނުން ވިދާޅުވެފައިވަނީ މިކަން ހަމަޖައްސައިދީފައިވަނީ އިއްޔެ އިން ފެށިގެން ފަސް ދުވަހުގެ މުއްދަތަށް ކަމަށެވެ.

ފުނަދޫ ޕެޓްރޯލް ޝެޑްގައި ހިނގި އަލިފާނުގެ ހާދިސާގައި އެ ސަރަހައްދުގައި ހުރި ސައިކަލާއި އިންޖީނު މަރާމާތުކުރާ ގަރާޖަކަށާއި، ގުދަނެއްގެ އިތުރުން ވެހިކަލް ޕާކްކުރާ ކުޑަ ގަރާޖަކަށާއި މީހުން ދިރިއުޅެމުންދިޔަ ގެއަކަށް އަލިފާން ފެތުރި އެތަންތަން ބޭނުންނުކުރެވޭ ވަރަށް ވަނީ އަނދާފައި ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

ފުލުހުން ވިދާޅުވެފައިވަނީ މި ހާދިސާއާ ގުޅިގެން ޖުމްލަ 18 މީހަކަށް އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ. އެއީ  އަނިޔާވެގެންނާއި ސިއްހީ ފަރުވާއަށް ބޭނުންވި މީހުން ކަމަސް ފުލުހުން ވަނީ ވިދާޅުވެފައެވެ. "އޭގެ ތެރޭގައި ދުމުގެ އަސަރުކުރުމުގެ ސަބަބުން ފަރުވާދިން ފަޔަރފައިޓަރަކާއި ހޮސްޕިޓަލުގެ މުވައްޒަފެއް ހިމެނެއެވެ. އަދި އަނެއް 16 މީހުންނަކީ، ހާދިސާގެ ތެރެއިން އެއްޗެއް ގޮވުމާ ގުޅިގެން ރައްކާތެރިކަން ހޯދުމަށް މަސައްކަތްކުރުމުގެ ތެރޭގައި އެކިވަރުގެ އަނިޔާ ލިބުނު މީހުންނާއި، ކަންބޮޑުވެ ހާސްވުމުގެ ސަބަބުން ސިއްހީ ފަރުވާ ބޭނުންވި މީހުންނެވެ."

 މި ހާދިސާ ހިނގި ސަރަހައްދު މިހާރު ވަނީ ކޯޑަންކޮށް ބަންދުކޮށްފައި ކަމަށް ފުލުހުން ވިދާޅުވިއެވެ. މިކަން ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށާއި، ސީން ޕްރޮސެސްކޮށް ތަޙުޤީގުގައި އެހީތެރިވުމަށް ދިވެހި ފުލުހުންގެ ޚިދުމަތުގެ މޭޖަރ ކްރައިމް އިންވެސްޓިގޭޝަން ގެ ޚާއްސަ ޓީމެއް މިއަދު ހެނދުނު ފުނަދޫއަށް ދިއުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

ގުޅުންހުރި ޚަބަރު