ދިވެހި|English 26 އޮކްޓޯބަރު 2026 · 12:17
Top banner
Advertisement
މާލޭ ސިޓީ ކައުންސިލްގެ ޤުރުއާނާއި މަދަޙަ މުބާރާތުގައި ބައިވެރިވުގެ ފުރުޞަތު ހުޅުވާލައިފި
ޚަބަރު

މާލޭ ސިޓީ ކައުންސިލްގެ ޤުރުއާނާއި މަދަޙަ މުބާރާތުގައި ބައިވެރިވުގެ ފުރުޞަތު ހުޅުވާލައިފި

މި ދެ  މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވަނީ 22 އޮކްޓޫބަރ 2026 އިން ފެށިގެން 05 ނޮވެންބަރު 2026 ގެ ނިޔަލަށެވެ.

މމުހައްމަދު އަލީ26 އޮކްޓޯބަރު 2026

އަންނަ ބަރަކާތްތެރި ރަމަޟާން މަހު، މާލޭ ސިޓީ ކައުންސިލުން ބޭއްވުމަށް ހަމަޖެހިފައިވާ ދެ މުބާރާތެއް ކަމަށްވާ ކީރިތި ޤުރްއާން ކިޔެވުމުގެ މުބާރާތާއި މަދަޙަ ކިޔުމުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ޢާންމުކޮށް ހުޅުވާލައިފިއެވެ.

ސިޓީކައުންސިލުން ވިދާޅުވެފައިވަނީ ކީރިތި ޤުރުއާން ކިޔެވުމުގެ މުބާރާތް ވަނީ ދެ ގޮތްޕަކަށް ބަހައިލެވިފައި ކަމަށެވެ. އެއީ ބަލައިގެން ކިޔެވުމުގެ ގޮތްޕާއި ނުބަލައި ކިޔެވުމުގެ ގޮތްޕެވެ.  ކޮންމެ ގޮތްޕެއްގައި ވެސް  6 އުމުރުފުރާ ހިމެނޭނެއެވެ. އެއީ  6 އަހަރުން ދަށާއި، 9 އަހަރުން ދަށާއި 11 އަހަރުން ދަށާއި، 13 އަހަރުން ދަށާއި، 16 އަހަރުން ދަށާއި، 19 އަހަރުންދަށެވެ. އުމުރު ފުރާ ކަނޑައެޅުމުގައި ބަލާނީ 1 ޖަނަވަރީ 2026 އަށް ދަރިވަރަށް ފުރޭ އަހަރަށް ކަމަށްވެސް ވެސް ވިދާޅުވެފައިވެއެވެ.  

މި މުބާރާތުގެ 6 އަހަރުން ދަށުގެ އުމުރުފުރާގެ ދަރިވަރުންގެ ކިޔެވުމަށް އިންސާފުކުރާ ގޮތަށް ހަމަޖެހިފައި ނުވާ ކަމަށް ވެސް ސިޓީ ކައުންސިލުން ވިދާޅުވިއެވެ. މި މިޢުމުފުރާގެ ދަރިވަރުންނަށް ޚަތިމުން ބޭނުންކޮންމެ ތަނެއް 5-7 ފޮޅުވަތުގެ މިންވަރަށް ކިޔެވުމުގެ ފުރުސަތު ދޭ ގޮތަށް ވަނީ ހަމަޖެހިފައެވެ. މިނޫން އެހެން ކޮންމެ ޢުމުރުފުރާއަކުންނާއި، ކޮންމެ ގްރޫޕަކުންނާއި، ކޮންމެ ގޮތްޕަކުން 1 ވަނަ ، 2 ވަނަ  3 ވަނަ 4 ވަނަ އަދި 5 ވަނަ ހޮވާ ގޮތަށް ވަނީ ހަމަޖެހިފައެވެ. ޤުރުއާން މުބާރާތުގައި ކޮންމެ ދަރިވަރަކަށް ވެސް ބައިވެރިވެވޭނީ އެއް ޢުމުރުފުރާގެ އެއް ގޮފީގައި ކަމަށްވެސް ސިޓީކައުންސިލުން ވިދާޅުވިއެވެ. މި ދެ  މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވަނީ 22 އޮކްޓޫބަރ 2026 ގެ ހެނދުނު 09:00 އިން ފެށިގެން 05 ނޮވެންބަރު 2026 ގެ 14.00 ގެ ނިޔަލަށެވެ.

 މި ދެ މުބާރާތުން ވެސް ވަނަވަނަ ހާސިލް ކުރާ ދަރިވަރުންނަށް ވަނީ ރަނގަޅު އިނާމްތަކެއް ކަނޑައަޅައިފައެވެ

ގުޅުންހުރި ޚަބަރު