ދިވެހި|English 4 ނޮވެމްބަރު 2026 · 06:59
Top banner
Advertisement
ފެންނަ ހިސާބާއި ނުފެންނަ ހިސާބުގައިހުރި އެމެރިކާގެ ތަންތަނަށް ހަމަލާދޭނަން: އީރާން
ދުނިޔެ

ފެންނަ ހިސާބާއި ނުފެންނަ ހިސާބުގައިހުރި އެމެރިކާގެ ތަންތަނަށް ހަމަލާދޭނަން: އީރާން

އީރާން އޮތީ ކޮންމެފަދަ ހަމަލާއަކަށް ވެސް ތައްޔާރަށް

މމުހައްމަދު އަލީ3 ނޮވެމްބަރު 2026

އެމެރިކާއާއި އިސްރާއީލު އިސްވެ އޮވެ އީރާނަށްދޭ ކޮންމެ އައު ހަމަލާއަކަށް އެއްވެސް ބެލުމެއް އަދި އިމެއްނެތި ވަރުގަދަ ރައްދެއް ދޭނޭ ކަމުގެ އިންޒާރު އައިއާރުޖީސީން ދީފިއެވެ.

އައިއާރުޖީސީން ބުނެފައިވަނީ އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ދެމުންގެންދާ އިންޒާރުތަކާއި ކުރަމުންދާ ނަފުސާނީ ހަނގުރާމަތަކަކީ އެއްވެސް އަސާސެއް ނެތް ކަންކަން ކަމުގައެވެ. އައިއާރުޖީސީ އިން ބުނެފައިވަނީ މިފަދަ އިންޒާރުތަކާއި ނަފްސާނީ ހަނގުރާމަތަކުން ދައްކުވައިދެނީ އެދެގައުމު ވެސް ހަނގުރާމައިން ބަލިވެފައިވާ މިންވަރު ކަމަށެވެ.

އީރާނުގެ އިސްލާމީ އިންޤިލާބުގެ ލީޑަރު އާޔަތުﷲ ސައްޔިދު މުޖްތަބާ ޚާމަނާއީއާއި އަސްކަރީ އިސް އޮފިޝަލުންނާ ދެމެދު ބޭއްވެވި ބައްދަލުވުމަކަށްފަހު ނިންމާފައިވަނީ އީރާނާ ދެކޮޅަށް އަލަށްދެވޭ ކޮންމެ ހަމަލާއަކާ ދެކޮޅަށް ލަސްތަކެއްނުވެ ރައްދު ހަމަލާ ދިނުމަށެވެ. މިފަދަ ހަމަލާއެއްގައި ސަރަހައްދީ ގައުމުތަކަށްވެސް ބެލުމެއްނެތި އަވަސް ރައްދެއް ދިނުމަށް އީރާނުގެ އަސްކަރިއްޔާއަށް އަންގަވާފައިވާ ކަމަށް އައިއާރުޖީސީން ވަނީ ބުނެފައެވެ.

އައިއާރުޖީސީ އިން ބުނެފައިވަނީ ދުޝްމަނުންގެ ފެންނަ ހިސާބާއި ނުފެންނަ ހިސާބުގައިހުރި ތަންތަނާއި މުދަލަކީ ވެސް އަމާޒުފަތްގަނޑަކަށް ހާދާނޭ ކަމަށެވެ. އީރާނު މިހާރުވެސް ވަނީ ކޮންމެ ފަދަ ހަމަލާއަކަށް ތައްޔާރުވެފައި ކަމަށް އެގައުމުގެ އަސްކަރިއްޔާއިން ބުނެއެވެ. އެމެރިކާއާއި އިސްރާއީލުން ހަމަލާދީފިނަމަ ރަހަލާވަރުގެ ރައްދެއް (އެއްވެސް ހައްދެނެތި) ދޭނޭ ކަމަށްވެސް ވަނީ ބުނެފައެވެ.

އީރާނާ ދެކޮޅަށް ދުޝަމަނުން ފަށާ ހަނގުރާމަ ހުއްޓާލާނޭ ވަގުތާއި ދުވަހާއި ހާލަތު ވެސް ކަނޑައަޅާނީ އީރާނުގެ އަސްކަރިއްޔާއާއި އެގައުމުގެ ރައްޔިތުން ކަމަށް އައިއާރުޖީސީން ވަނީ ބުނެފައެވެ.

މީގެ ކުރިން އީރާނާ ދެކޮޅަށްދީފައިވާ ހަމަލާތަކާ ޚިލާފަށް ދެން ދެވޭ ކޮންމެ އައު ހަމަލާއަކަށް ސަރަހައްދުގައިވާ އެމެރިކާގެ އަސްކަރީ ބޭސްތަކާއި މުދާތަކުގެ އިތުރުން އެއަށްވުރެ ދުރުގައިހުރި އެމެރިކާގެ މަސްލަހަތުތަކަށް ފުޅާދާއިރާއެއްގައި މިފަހަރު ހަމަލާ ދޭނޭކަމުގެ އިންޒާރު ވެސް އީރާނުގެ އަސްކަރީ ކޮމާންޑަރުން މީގެ ކުރިން ވަނީ ދީފައެވެ.

އީރާނުން ބުނެފައިވަނީ އެމެރިކާއާއި އިސްރާއީލަށް އޮތީ އީރާނުގެ ޝަރުތުތައް ގަބޫލުކުރުން ކަމަށެވެ. އެއީ އެގައުމާ ދެކޮޅަށްދޭ ހަމަލާތައް ދާއިމީކޮށް ހުއްޓާލުމާއި، ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމެވެ. މިކަންކަން ޤަބޫލުކޮށްފިނަމަ އެމެރިކާއާއެކު އޮތް ހަމަނުޖެހުން ސުލްހަވެރިކަމާއެކު ނިންމުމަށް ތައްޔާރަށް އޮތް ކަމަށް އީރާނުން ވަނީ ބުނެފައެވެ.

 

ގުޅުންހުރި ޚަބަރު