ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ 2026 ވަނަ އަހަރުގެ ދަސްވެނިވުމުގެ ޙަފްލާ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު،ޝަރަފުވެރިކޮށްދެއްވައިފިއެވެ.
މިއަދުގެ ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއިން އަރުވާ މަތީ ވަނަ ޙާޞިލްކުރި 9 ފަރާތަކަށް އިނާމާއި އެވޯޑް ޙަވާލުކޮށްދެއްވާފައެވެ. އަދި، ރަސްމިއްޔާތު ނިންމާލުމުގެ ގޮތުން، ނެނގި ހަނދާނީ ގުރޫޕު ފޮޓޯއެއްގައި ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މިއަދުގެ ރަސްމިއްޔާތުގައި، ކުއްލިއްޔާ އޮފް އެޑިޔުކޭޝަން، ކުއްލިއްޔާ އޮފް އެރަބިކް ލެންގުއޭޖް، ކުއްލިއްޔާ އޮފް ޝަރީޢާ އެންޑް ލޯ، ކުއްލިއްޔާ އޮފް އިސްލާމިކް ރިވީލްޑް ނޮލެޖް އެންޑް ހިއުމަން ސައިންސަސްއިން 98 ދަރިވަރަކު ވަނީ ދަސްވެނިވެފައެވެ.





