ދިވެހި|English 15 ނޮވެމްބަރު 2026 · 05:10
Top banner
Advertisement
ވެހިކަލްތަކެއް ޖެހި ފުޖައިރާގައި ހިނގި ނުރައްކާތެރި ހާދިސާއާ ގުޅިގެން ރައީސް ތަޢުޒިޔާ ވިދާޅުވެއްޖެ
ޚަބަރު

ވެހިކަލްތަކެއް ޖެހި ފުޖައިރާގައި ހިނގި ނުރައްކާތެރި ހާދިސާއާ ގުޅިގެން ރައީސް ތަޢުޒިޔާ ވިދާޅުވެއްޖެ

ޔޫ.އޭ.އީ) ގެ ރައީސް ޝައިޚް މުޙައްމަދު ބިން ޒާއިދު އަލް ނަޙްޔާނަށް ރައީސުލްޖުމްހޫރިއްޔާ ތަޢުޒިޔާ ވިދާޅުވުން

ހިރި ނިއުސްހިރި ނިއުސް14 ނޮވެމްބަރު 2026

ވެހިކަލްތަކެއް ޖެހި ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫ.އޭ.އީ) ގެ ފުޖައިރާގައި ހިނގި ނުރައްކާތެރި ހާދިސާއާ ގުޅިގެން އެގައުމުގެ ރައީސް، އަބޫދާބީގެ ވެރިޔާ ޝައިޚް މުޙައްމަދު ބިން ޒާއިދު އަލް ނަޙްޔާނަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތަޢުޒިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، މި ހިތާމަވެރި ހާދިސާގައި، އަދި މި ހާދިސާއާ ގުޅިގެން ރޯވި އަލިފާންގަނޑުގެ ސަބަބުން އެތައް ބަޔަކު މަރުވެ އިތުރު ބަޔަކަށް އަނިޔާވި ޚަބަރު އެއްސެވީ ނުހަނު ފުން ހިތާމަޔާއެކު ކަމަށް ވިދާޅުވިއެވެ.

އެމަނިކުފާނުގެ މެސެޖުގައި، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި، ޔޫ.އޭ.އީ ގެ ރައީސަށާއި، އެ ޤައުމުގެ ސަރުކާރާއި، އަޚުވަންތަ ރައްޔިތުންނަށް އިޚްލާޞްތެރިކަމާއެކު ތަޢުޒިޔާ ވިދާޅުވިއެވެ. މި ހިތާމަވެރި ދަނޑިވަޅުގައި ދިވެހިރާއްޖެ އޮތީ ޔޫ.އޭ.އީ އާއި އެކުގައިކަން އެ މަނިކުފާނު ތަކުރާރުކޮށް ޔަޤީންކޮށްދެއްވައި، މި ހިތާމަވެރި ހާދިސާގެ އަސަރު ކުރި އެންމެހައި ފަރާތްތަކަށް ހަމްދަރުދީ ފޮނުއްވިއެވެ.

މި ހާދިސާގައި މަރުވި މީހުންގެ ފުރާނަތަކަށް މާތްﷲ ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކުރައްވައި، އެ ފަރާތްތަކުގެ ޢާއިލާތަކަށް ކެތްތެރިކަމާއި ސާބިތުކަން ދެއްވުން އެދި ރައީސުލްޖުމްހޫރިއްޔާ ދުޢާކުރައްވާފައިވެއެވެ. އަދި، އަނިޔާލިބުނު ފަރާތްތަކަށް އަވަސް އަދި ފުރިހަމަ ޝިފާއެއް މިންވަރުކުރެއްވުމަށް އެދިވަޑައިގަންނަވާކަން އެމަނިކުފާނު ހާމަކުރައްވާފައިވެއެވެ.

-ޚަބަރާއި ފޮޓޯ ރައީސް އޮފީސް

ގުޅުންހުރި ޚަބަރު