ދިވެހި|English 20 ނޮވެމްބަރު 2026 · 01:58
Top banner
Advertisement
މި ސަރުކާރުވާނީ އެންމެގިނަ އައިސް ޕްލާންޓް އެޅި ސަރުކާރަށް: ވަޒީރު ޝިޔާމް
ޚަބަރު

މި ސަރުކާރުވާނީ އެންމެގިނަ އައިސް ޕްލާންޓް އެޅި ސަރުކާރަށް: ވަޒީރު ޝިޔާމް

މަސްވެރިކަމުގެ ދާއިރާ ރަނގަޅު ކުރުމަށްޓަކައި ރާއްޖޭގައި 3 ފެކްޓްރީއެއްގެ މަސައްކަތް ކުރިއަށްދޭ.

މމުހައްމަދު އަލީ19 ނޮވެމްބަރު 2026

މަސްވެރީންނަށް ބޭނުންވާ އައިސް ދަތިކަމެއްނެތި ހޯދައިދިނުމަށް 21 ރަށެއްގައި އައިސްޕްލާންޓް އެޅުމުގެ މަސައްލަތް ކުރިއަށްދާ ކަމުގައި މަސްވެރިކަމާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ވަޒީރު ވިދާޅުވެފައިވަނީ މަސްވެރިންނަށް ދިމާވެފައިވާ އައިސް ނުލިބުމުގެ މައްސަލަ ހައްލު ކުރުމަށް އެންމެ ގިނަ އައިސްޕްލާންޓު ގާއިމްކުރީ މި ސަރުކާރުން ކަމަށާ ތާރީހުގައި ވެސް މި ސަރުކާރު ވެގެންދާނީ 5 އަހަރު ދުވަހުގެ ތެރޭގައި އެންމެ ގިނަ އައިސްޕްލާންޓު ގާއިމްކުރި ސަރުކާރަށް ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.

ސަރުކާރަށް 3 އަހަރުވެގެންދިޔައިރު މަސްވެރިންގެ ބޮޑެތި ކަންބޮޑުވުންތަކަށް މި ސަރުކާރުން ހައްލު ގެނެސްދީފައިވާ ކަމަށާއި މި 3 އަހަރަކީ މަސްވެރިންނަށާއި އެމީހުންގެ އާއިލާތަކަށް އުފާފާގަތިކަން ގެނެސްދިން 3 އަހަރު ކަމަށް ވަޒީރު ވިދާޅުވިއެވެ.

ސަރުކާރަށް ތިން އަހަރު ފުރުމާ ގުޅިގެން ދެއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ ރައީސް ޑރ.މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެންނެވީ ރާއްޖޭގައި ހުރި ބޮޑެތި މައްސަލަތައް ހައްލުކުރެއްވުމަށްޓަކާ ވަރަށް ފުރިހަމަ މެނިފެސްޓޯއެއް ހިއްޕަވައިގެން ކަމަށެވެ. މަސްވެރިކަމާއި ދަނޑުވެރިކަމުން ރައްޔިތުންނަށް ނަފާ އިތުރުކުރުމަށް މެނިފެސްޓޯގައި ގިނަ ކަންތައްތަކެއް ހިމަނާފައިވާ ކަމަށް ވެސް ވަޒީރު ވަނީ ވިދާޅުވެފައެވެ.

ރައީސް ވެރިކަމަށް ވަޑައިގެން މިހާރުވަނީ މަސްވެރިންނަށް މިފްކޯއިން ދޭންޖެހިފައި ހުރި ފައިސާ ދީ ހަލާސްކުރައްވާފައި ކަމަށާއި މިހާރުވެސް މަސްކިރުވާތާ 48 ގަޑި އިރު ތެރޭ ފައިސާ ލިބޭނޭ ކަމަށް ވަޒީރު ވިދާޅުވިއެވެ.

މަސްވެރިކަމުގެ ދާއިރާ ރަނގަޅު ކުރުމަށްޓަކައި ރާއްޖޭގައި 3 ފެކްޓްރީއެއްގެ މަސައްކަތް ކުރިއަށްދާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. މީގެ އިތުރުން މަސްރައްކާ ކުރުމަށްޓަކައި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކޯލްޑް ސްޓޯރޭޖް ގާއިމް ކުރުމުގެ މަސައްކަތްތައްވެސް ކުރިއަށްދާކަމަށް ވަޒީރު ވިދާޅުވިއެވެ.

 

 

ގުޅުންހުރި ޚަބަރު