ދިވެހި|English 22 ނޮވެމްބަރު 2026 · 03:13
Top banner
Advertisement
ރަސްމާލެ މައްސަލާގައި ކޮންމެހެންވެސް ފެންނަ ނުފެންނަ ވޯޓެއް ނަގަންޖެހޭ: ރައީސް ނަޝީދު
ޚަބަރު

ރަސްމާލެ މައްސަލާގައި ކޮންމެހެންވެސް ފެންނަ ނުފެންނަ ވޯޓެއް ނަގަންޖެހޭ: ރައީސް ނަޝީދު

އެމްޑީޕީން ދެކޭގޮތުގައި ކަންކަން ރަނގަޅު ކުރެވޭނީ ވީހާވެސް ގިނަބަޔަކާ މަޝްވަރާ ކުރެވި މައުލޫމާތު ފޯރުކޮށްދީގެން

މމުހައްމަދު އަލީ21 ނޮވެމްބަރު 2026

ފުށިދިއްގަރު ފަޅު ހިއްކައިގެން ސަރުކާރުކާރުން ތަރައްގީ ކުރުމަށް ނިންމާފައިވާ ރެސިޑެންސީ މަޝްރޫއު ކުރިއަށްގެންދިއުމުގެ ކުރީން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ކޮންމެހެން ނަގަން އެބަޖެހޭ ކަމަށް އެމްޑީޕީގެ ޗެއަރޕާސަން، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެމަނިކުފާނު މިއަދު ވިދާޅުވީ މި ކަމުގައި ފެންނަނުފެންނަ ވޯޓެއް ނެގުމަށް ސަރުކާރަށް ގޮވާލުމުގެ ގޮތުން އެމްޑީޕީއިންވަނީ މުޒާހަރާކުރުމަށް ނިންމާފައި ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ ވެރީންނަށް ކަމުގޮސްގެން ނިންމަވާ ކަންކަމުގެ ތަފްސީލް ރައްޔިތުންނަށް ނޭނގޭކަމަށްވާނަމަ  އެކަމެއް ކާމިޔާބު ނުވެދާނޭ ކަމަށެވެ. އެހެންކަމުން އެކަމެއްގެ ތަފްސީލް ރައްޔިތުންނާ ހިއްސާ ކުރުން މުހިންމު ކަމަށް ވިދާޅުވިއެވެ.

"ވެރީންނަށް ކަންކަމަކީ ރަނގަޅު ކަންކަން ގޮތުގައި ފެނިދާނެ. ތަސައްވަރު ވެސް ކުރެވިދާނެ އަދި ގަބޫލުވެސް ކުރެވިދާނެ. އެހެންނަމަވެސް އެތަސައްވަރުތައް، އެމަންޒަރުތައް ރައްޔިތުންނަށް ސާފުނުވާކަމަށް ވަނީނަމަ ކަންކަން ކާމިޔާބުނުވެދާނެ،" ޗެއަރ ވިދާޅުވިއެވެ.

"އެމްޑީޕީން ދެކޭގޮތުގައި ކަންކަން ރަނގަޅު ކުރެވޭނީ ވީހާވެސް ގިނަބަޔަކާ މަޝްވަރާ ކުރެވި މައުލޫމާތު ފޯރުކޮށްދީގެން ދެފުށް ފެންނަ ގޮތުގައި ކަމަށްވެސް ވިދާޅުވިއެވެ.

"އެމްޑީޕީއިން ދެކޭގޮތުގައި ކަމެއް ރަނގަޅަށް ކުރަންވެއްޖެނަމަ އެކަމެއް އަޅުގަނޑުމެން ކުރަންޖެހޭނީ މީހާވެސް ގިނަ ބަޔަކާ މަޝްވަރާކުރެވިގެން. ވީހާވެސް ގިނަ މަޢުލޫމާތެއް ރައްޔިތުންނަށް ފޯރުކޮށްދީގެން ދެފުށް ފެންނަގޮތަކަށް،" ރައީސް މުޙައްމަދު ނަޝީދު ވިދާޅުވިއެވެ.

މީގެ ކުރީން ރައީސް ނަޝީދު ވިދާޅުވެފައިވަނީ ރަސްމާލެ މަޝްރޫއަށް އެމަނިކުފާނު ފުރިހަމައަށް ތާއިދުކުރައްވާ ކަމަށެވެ. އެހެންނަމަވެސް އެމްޑީޕީގެ ގައުމީ މަޖިލީހުންވަނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގައި މިމަޝްރޫއު ކުރިއަށް ނުގެންދިއުމަށް ސަރުކާރަށް ގޮވާލައި ގަރާރެއް ފާސްކުރައްވާފައިވެއެވެ. އެހެންނޫންނަމަށް މުޒާހަރާއަށް ނުކުންނަން ވެސް ވަނީ ނިންމާފައެވެ.

ގުޅުންހުރި ޚަބަރު