ދިވެހި|English 26 ނޮވެމްބަރު 2026 · 09:55
Top banner
Advertisement
ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގަން އުޅުނު ބަޔަކު ހައްޔަރު ކޮށްފި
ޚަބަރު

ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގަން އުޅުނު ބަޔަކު ހައްޔަރު ކޮށްފި

މމުހައްމަދު އަލީ26 ނޮވެމްބަރު 2026

ހުޅުމާލެ ދިއްގާމަގު ބީޗް ސަރަހައްދުގައި ބަޔަކު ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގަން އުޅުނު މައްސަލައެއްގެ ތުހުމަތުގައި ބަޔަކު ހައްޔަރު ކޮށްފިއެވެ.

މި މައުލޫމާތު ލިބުމާއެކު ރޭ 22:50 އެހައިކަންހާއިރު ފުލުހުން އެ ސަރަޙައްދަށް ގޮސް އެތަނުން އެކަކު ވަނީ ހައްޔަރު ކޮށްފައެވެ. އެމީގެ ބަލައި ފާސްކުރި އިރު އޭނާގެ ޖީބުން ހުޑުމާސްކެއް ފެނިފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ. އަދި އޭނާ ހުރި ސަރަހައްދުން ބަޔޮނެޓަކާއި ކަޓަރެއް ފެނިފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ. "އޭނާގެ ހަށިގަނޑު ބަލައިފާސްކުރިއިރު، އޭނާ ލައިގެން ހުރި ސޯޓުގެ ޖީބުން ހުޑް މާސްކެއް ފެނިފައިވެއެވެ. މީގެ އިތުރުން، ފުލުހުން އެ ސަރަހައްދު އިތުރަށް ބަލައި ޕްރޮސެސްކުރުމުގެ ތެރޭގައި އެ ސަރަޙައްދުން އިތުރު 2 ބަޔޮނެޓް ވަނީ ފެނިފައެވެ."

މި މައްސަލައާ ގުޅިގެން، ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގަން އުޅުނުކަމުގެ ތުހުމަތުގައި އެތަނުން އެމީހާ ވަނީ ހައްޔަރު ކޮށްފައެވެ.

"މި މައްސަލައާ ގުޅުންހުރި ކަމަށް ތުހުމަތުކުރެވޭ އިތުރު ފަސް މީހަކު ރޭގެ ވަގުތެއްގައި ހުޅުމާލޭގެ އެހެން ސަރަހައްދަކުން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ." ފުލުހުން ވިދާޅުވިއެވެ.

 މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ވަނީ މައުލޫމާތު ދެއްވައިފައެވެ.

ގުޅުންހުރި ޚަބަރު