Uncategorized
ތާރީޚުގެ ނަޖިސް ފަރާތުގައި އަބަދުވެސް ތިބެނީ ކޮން ބައެއް
ބެލްޖިއަމް:
އިޒްރޭލުން ހިންގަމުން ގެންދާ ހަނގުރާމައިގެ ޖަރީމާތަކާ ހެދި އިޒްރޭލު ޓީމާއެކު މެޗެއް ކުޅޭކަށް ބޭނުމެއް ނޫން!
ފްރާންސް:
ގައްޒާގައި ކުރަމުންދާ ހަނގުރާމައިގެ ސަބަބުން، ކަނޑުގެ ސިފައިންގެ އެންމެ ބޮޑު މައުރަޒުގައި އިޒްރޭލު ބައިވެރި ކުރާކަށް ބޭނުމެއް ނޫން!
އިނގިރޭސިވިލާތް:
އިޒްރޭލުގެ މިނިސްޓަރުން ޣައްޒާ ހަނގުރާމައާ ގުޅިގެން ދީފައިވާ ބަޔާންތަކަށް ބަލައި އެވެރިންނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމަށް މި ދަނީ ވިސްނަމުން!
އެމެރިކާ:
ޣައްޒާއަށް އެހީ ވައްދަން ދެކޮޅު ހަދަނީ ނަމަ އިޒްރޭލަށް އެހީ ދިނުން ހުއްޓާލަން ޖެހިދާނެ!
ޖަރުމަންވިލާތް:
"އިޒްރޭލަށް އެހީ ދިނުމުގައި ދެމިތިބޭނަން. އިޒްރޭލަށް ހަތިޔާރު ދިނުމުގައި ދެމި ތިބޭނަން" ޖަރުމަން ޗާންސެލަރ އޯލްފް ޝޫލްޒް
"އިޒްރޭލުން މަދަނީންނަށް ބޮންއަޅައި އެމީހުންގެ ގެތައް ހަލާކު ކުރަމުން ދަނީ ރަނގަޅަށް. އެތަންތާނގައި ތިބެނީ އިޒްރޭލު ނައްތާލަން އުޅޭ ޓެރަރިސްޓުން" ޖަރުމަންގެ ޚާރިޖީ ވަޒީރާ
އދ:
"ބައިނަލްއަޤްގާމީ ޖަރީމާތައް ހިންގާ ޤައުމަކާ ބައިވެރިވާން ޖަރުމަންވިލާތުން ނިންމީ ހެއްޔެވެ؟ އެ ވާނީ ސިޔާސީ ނިންމުމަކަށް. އެކަމުން ނިކުމެދާނެ، ޤާނޫނީ މައްސަލައަކަށް ވިސްނާލަން ޖެހޭނެ. ސިޔާސީ މީހުން ފޭލްވެފައިވާ ދަނޑިވަޅެއްގައި އިރާދަކުރެއްވިއްޔާ އިންސާފު ޤާއިމް ކުރެވޭނެ" އދން ފަލަސްޠީނަށް ކަނޑައަޅާފައިޥާ ރެޕަޓުއާ ފްރެންޗެސްކާ އަލްބެނީޒް