ދިވެހި|English 9 ޖުލައި 2026 · 05:13
Top banner
Advertisement
ވައިގެ ދަތުރުފަތުރުގައި އެއް ދުވަހު 5 ލައްކަ ފަސިންޖަރުންގެ ރެކޯޑް
Uncategorized

ވައިގެ ދަތުރުފަތުރުގައި އެއް ދުވަހު 5 ލައްކަ ފަސިންޖަރުންގެ ރެކޯޑް

އއިބްރާހީމްް ސަމީރު21 ނޮވެމްބަރު 2024
ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހު އިންޑިއާގެ ވައިގެ ދަތރުފަތުރުގެ ދާއިރާއިން ވަނީ ރެކޯޑެއް ހަދާފައެވެ. 3،173 ފްލައިޓު ދަތުރުގައި އެއް ދުވަހެއްގެ ތެރޭގައި 5،05،412 ޑޮމެސްޓިކް ފަސިންޖަރުން އުދުހިފައި ވެއެވެ. ވައިގެ ދަތުރުފަތުރު ކުރިއަރަމުންދަނީ އެއް ވަރަކަށެވެ. މި މަހުގެ ކުރީކޮޅު އެތައް ދުވަހެއްގައި ވައިގެ ދަތުރުގެ ފަސިންޖަރުންގެ އަދަދު ވަނީ 5 ލައްކައާ ގާތްކޮށްފަ އެވެ. ނޮވެމްބަރު މަހު ހަނީމޫނާއި ކައިވެންޏަށް ކުރާ ދަތުރުތަކާއި ޗުއްޓީ ދަތުރުފަތުރުގެ ސަބަބުން ޑިމާންޑް ބޮޑުވެފައި ވެއެވެ. ނޮވެމްބަރު 12 ވަނަ ދުވަހު ވިސްޓާރާ އެއާ އިންޑިއާ ވަނީ އެއްކޮށްލާފައެވެ. އެއާއެކު އެއާއިންޑިއާގެ ގޮނޑީގެ އަދަދު ވަނީ އިތުރު ވެފައެވެ. އިންޑިއާގެ އެހެން ކުންފުނިތަކުންވެސް ވަނީ ސީޓު އިތުރު ކުރުމަށް ބޯޓު ހޯދަން މަސައްކަތް ފަށާފައެވެ. ނަމަވެސް ބޮއިންގް ކުންފުނީގެ މުވައްޒަފުންގެ ހަޅުތާލުގެ ސަބަބުން އަކާސާ އެއާ އާއި އެއާ އިންޑިއާ އެކްސްޕްރެސް އަށް ބޯޓުތައް ހޯދުމުގައި ލަސްތަކެއް ކުރިމަތިވެފައި ވެއެވެ. ކުރިން ބަނގުރޫޓްވެގެން އުޅުނު ސްޕައިސްޖެޓުން ވަނީ އަނެއްކާވެސް މާލީ އެހީތެރިކަމާއެކު ލިމިޓެޑް އޮޕަރޭޝަންތައް އަލުން ފަށާފަ އެވެ.

ގުޅުންހުރި ޚަބަރު