ދިވެހި|English 9 ޖުލައި 2026 · 04:23
Top banner
Advertisement
ޗައިނާ މީހުންނާ ދެކޮޅަށް އަހަރެއްގެ ތެރޭ 14 ހަމަލާ
Uncategorized

ޗައިނާ މީހުންނާ ދެކޮޅަށް އަހަރެއްގެ ތެރޭ 14 ހަމަލާ

އއިބްރާހީމްް ސަމީރު18 ޑިސެމްބަރު 2024
ޕާކިސްތާނުގެ ނޭޝަނަލް ކައުންޓާ ޓެރަރިޒަމް އޮތޯރިޓީ (ނަކްޓާ) އިން ދާދި ފަހުން  ޕާލަމެންޓަށް އަންގާފައި ވަނީ 2021 ވަނަ އަހަރުން ފެށިގެން ޕާކިސްތާންގައި ދީފައިވާ ޓެރަރިސްޓް ހަމަލާތަކުގައި ޗައިނާގެ 20 މީހަކު މަރުވެ 34 މީހަކު ޒަހަމްވެފައިވާ ކަމަށެވެ. ނަކްޓާގެ ސްޕެޝަލް އިނިޝިއޭޓިވްސް ޑިޕާޓްމަންޓްގެ ޑިރެކްޓަރު ކާނަލް އުސްމާން ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުންނަށް ރިޕޯޓް ކުރެއްވި ގޮތުގައި ފާއިތުވި އެއް އަހަރު ދުވަހުގެ ތެރޭގައި ޕާކިސްތާންގައި ޗައިނާ މީހުންނަށް 14 ޓެރަރިސްޓް ހަމަލާ ދީފައި ވެއެވެ. މި ހަމަލާތަކުގެ ތަފްސީލު ދެއްވަމުން އޭނާ ވިދާޅުވީ، ސިންދުގައި 8 ހަމަލާ ދީފައިވާއިރު، ބަލޫޗިސްތާނުގައި ހަތަރު ހަމަލާ އަދި، ޚައިބަރު ޕަޚްތުންޚްވާގައި ދެ ހަމަލާއެއް ދީފައިވާ ކަމަށެވެ. މި އަދަދުތަކުން ދައްކާ ގޮތުގައި ޕާކިސްތާނުގެ ސިފައިން ވަނީ، އެގައުމުގެ އެންމެ ބޮޑު އިންވެސްޓަރު އަދި ސީޕެކް މަޝްރޫއުތަކުގެ ބައިވެރިޔާ ޗައިނާ މީހުން ޙިމާޔަތް ކުރުމުގައި ނުކުޅެދިފައެވެ. އޭނާ އިތުރަށް ވިދާޅުވެފައި ވަނީ، ޗައިނާ-ޕާކިސްތާން އިގްތިސާދީ ކޯރިޑޯ (ސީޕީއީސީ) ގެ ކާމިޔާބީއަށް މުހިންމު ޕްރޮވިންސްތައް ކަމަށްވާ، ސިންދު އާއި ބަލޫޗިސްތާނުގައި ޗައިނާ މީޙުންނާ ދެކޮޅަށް ހަމަލާތައް އިތުރުވެ، އެ ސަރަހައްދުގައި ޗައިނާއާ ދެކޮޅު ޝުއޫރުތައް އިތުރުވެފައިވާ ކަމަށެވެ.

ގުޅުންހުރި ޚަބަރު