ދިވެހި|English 9 ޖުލައި 2026 · 05:12
Top banner
Advertisement
1566 ޓެރަރިސްޓް ހަމަލާ
Uncategorized

1566 ޓެރަރިސްޓް ހަމަލާ

އއިބްރާހީމްް ސަމީރު24 ޑިސެމްބަރު 2024
ޕާކިސްތާންގައި ޓެރަރިސްޓް ހަމަލަތައް ދަނީ އިތުރު ވަމުން ކަމަށް ސަރުކާރުން ބުނެއެވެ. ޕާކިސްތާންގެ ދާކިލީ ވުޒާރާއިން މިދިޔަ ހަފްތާގައި ރިޕޯޓްކޮށްފައިވާ ގޮތުގައި ފާއިތުވި 10 މަސް ދުވަހުގެ ތެރޭގައި މުޅި ޕާކިސްތާންގައި ދިން 1566 ޓެރަރިސްޓް ހަމަލާތަކުގައި އާންމުންނާއި ސަލާމަތީ ފަރާތްތަކުގެ 924 މީހުން މަރުވެފައިވެ އެވެ. އެ މިނިސްޓްރީން ބުނީ އެ މުއްދަތުގައި 341 ޓެރަރިސްޓުން މަރުވެފައިވާ ކަމަށެވެ. ތަޖުރިބާކާރުންނާއި ސަލާމަތީ އޮފިޝަލުން ދަނީ ޓެރަރިޒަމާ ދެކޮޅަށް ޕާކިސްތާނުން ކުރާ މަސައްކަތުގައި ކުރިއެރުމަށް ހުރަސްއެޅޭ ގިނަ ގޮންޖެހުންތަކެއް ފާހަގަކޮށްފަ އެވެ. "އެންމެ ބޮޑު ގޮންޖެހުމަކީ މިހާ ފުޅާ ސަރަހައްދުތަކުގައި ހިންގުމަށް ބޭނުންވާ މާލީ ވަސީލަތްތަކާއި މެންޕަވަރު ނެތުން" ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދުގައި ހުންނަ ސެކިއުރިޓީ ތިންކް ޓެންކެއް ކަމަށްވާ ޕާކް އިންސްޓިޓިއުޓް ފޯ ޕީސް ސްޓަޑީޒްގެ ޑިރެކްޓަރު މުހައްމަދު އަމީރު ރާނާ ވިދާޅުވެއެވެ. ޕާކިސްތާނަށް ދިމާވާ ޓެރަރިޒަމްގެ މައްސަލައިގެ މަސްދަރު، ތަޖުރިބާކާރުން ބުނާ ގޮތުގައި، މައިގަނޑު ގޮތެއްގައި ފެންނަނީ ބޯޑަރު ހުރަސްކޮށް، އަވަށްޓެރި އަފްޣާނިސްތާނުންނެވެ. އަފްޣާނިސްތާނުގެ ވެރިރަށް ކާބުލްގައި ޕާކިސްތާނާ ދެކޮޅުވެރި، ތަހުރީކޭ ތާލިބާން، ޓީޓީޕީގެ ހަނގުރާމަވެރިން ދިރިއުޅެމުންދާ ކަމުގެ ތުހުމަތު ކުރެވެއެވެ. ނަމަވެސް އަފްޣާނިސްތާނުން އެތުހުމަތުތައް ދޮގުކުރެ އެވެ. ޕާކިސްތާނުން ވަނީ ތާލިބާނުން ޓީޓީޕީގެ ހަނގުރާމަވެރިންގެ ހަރަކާތްތައް ހުއްޓުވުމަށް އެހީތެރިވުމަށް ތަކުރާރުކޮށް އެދިފައެވެ. ޓީޓީޕީން ރާވައިގެން، ޕާކިސްތާނުގެ އެތެރޭގައި ހަމަލާތަކުގެ އޮއިވަރެއް ކުރިއަށް ގެންދަނީ އިސްލާމްއާބާދުގައި ސަރުކާރު ވައްޓާލުމުގެ މަގްސަދުގައެވެ. ޓީޓީޕީން ދީފައިވާ ހަމަލަތަކުގެ ތެރޭގައި، 2023 ވަނަ އަހަރުގެ ޖެނުއަރީ މަހު ޕެޝަވާރުގެ މިސްކިތެއްގައި 100 އަށް ވުރެ ގިނަ މީހުން މަރުވި ޖާނުން ފިދާވެގެން ބޮމުގެ ހަމަލާއެއް ހިމެނެ އެވެ. ޗައިނާއިން ހިންގާ ސީޕެކް ޕްރޮޖެކްޓްގެ ގަވަދާރު ބަނދަރުގެ މަޝްރޫއާއި ސީޕެކްގެ މަޝްރޫއުތަކާ ދެކޮޅަށް މަސައްކަތް ކުރާ ބަލޫޗީންވެސް ޓެރަރިސްޓް ހަމަލަތައް ދެމެދުން ދެއެވެ. ބަލޯޗް ލިބަރޭޝަން އާމީ ބީއެލްއޭ އަކީ ވަކިވެގަތުމަށް މަސައްކަތް ކުރާ ޓެރަރިސްޓް އަމާއަތެކެވެ. ޕާކިސްތާނުގެ ތާލިބާނުންނާ އެއް ފަދައިން ބީއެލްއޭ އިން ވެސް ވަނީ ފާއިތުވި އަހަރުތަކުގައި ވަނީ އަމިއްލައަށް މަރުވެގެން ޖާނު ގޮއްވާލުމުގެ ހަމަލަތައް ދީފައެވެ. މިފަހުން، އެންމެ ނުރައްކާތެރި އެއް ހަމަލާ ދީފައިވަނީ ނޮވެމްބަރު މަހުގެ 9 ވަނަ ދުވަހު ބަލޫޗިސްތާން ޕްރޮވިންސްގެ ވެރިރަށް ކުއެޓާގެ ރޭލު ސްޓޭޝަނެއްގައި އަމިއްލައަށް މަރުވެގެން ދިން ހަމަލާއެވެ. އޭގައި ގާތްގަނޑަކަށް 30 މީހުން މަރާލާފައި ވެއެވެ. ޕާކިސްތާނުގައި ތިބި ޗައިނާގެ މަސައްކަތްތެރިންގެ ސަލާމަތީ ކަންކަން ރަނގަޅު ކުރުމަށް ޗައިނާގެ ކަމާބެހޭ ފަރާތްތަކަށް ޗައިނާގެ ޕްރެޝަރު ބޮޑުވަމުން ދެއެވެ. ޓީޓީޕީން މިމީހުންނާ ދެކޮޅަށް ވެސް ހަމަލަތައް ދެމުން ދެއެވެ. މި ހަމަލާތަކުގެ ސަބަބުން އިންފްރާސްޓްރަކްޗާ، ހަކަތަ އަދި ވިޔަފާރިއަށް ޗައިނާއިން ކުރާ އެތައް ބިލިއަން ޑޮލަރެއްގެ އިންވެސްޓްމަންޓަށް ނުރައްކާވެފައިވެއެވެ. އެއީ ދިގުދެމިގެންދާ އިގްތިސާދީ ދަތިކަމުގެ ތެރޭގައި ޕާކިސްތާނުގެ އިގްތިސާދު ދެމެހެއްޓުމަށް ބޭޏުންވާ އިންވެސްޓްމެންޓްތަކެކެވެ.

ގުޅުންހުރި ޚަބަރު