ދިވެހި|English 9 ޖުލައި 2026 · 05:13
Top banner
Advertisement
ތިންފުޅި ބަނގުރަލާ އެކު މާލެއިން މީހަކު ހައްޔަރުކޮށްފި
Uncategorized

ތިންފުޅި ބަނގުރަލާ އެކު މާލެއިން މީހަކު ހައްޔަރުކޮށްފި

މމުހައްމަދު އަލީ30 ޑިސެމްބަރު 2024
ފުލުހުން މިރޭ ހިނގި އޮޕަަރޭޝަނެއްގައި ބަނގުރަލާއެކު މާލެއިން މީހަކު ހައްޔަރު ކޮށްފިއެވެ. ފުލުުުހުން ވިދާޅުވީ މިއީ މާލޭގައި ބަނގުރާގެ ވިޔާފާރިކުރާ ކަމަށް ފުލުހުންގެ އިންޓަލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއް ކަމަށެވެ. އެ މީހާ ހައްޔަރު ކޮށްފައިވަނީ މާލޭ މަޖީދީ މަގުންނެވެ. ހައްޔަރު ކޮށްފައިވަނީ ގދ. ގައްދޫ ރެޑުމާގޭ، މުހައްމަދު އަޒުހަމް ސައީދު (33އ) ކަމަށް ފުލުހުން ވިދާުޅުވިއެވެ. ތިންފުޅި ބަނގުރާ ފެނިފައިވަނީ އަޒުހަމް ދުއްވި ސައިކަލުގެ މަޑިދަށުން ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ. މިމައްސަލަ ދަނީ ތަހުގީގު ކުރަމުންނެވެ.

ގުޅުންހުރި ޚަބަރު