ދިވެހި|English 9 ޖުލައި 2026 · 04:23
Top banner
Advertisement
ޓެރަރިޒަމާ ދެކޮޅަށް ބައިލައްކަ އޮޕަރޭޝަން
Uncategorized

ޓެރަރިޒަމާ ދެކޮޅަށް ބައިލައްކަ އޮޕަރޭޝަން

އއިބްރާހީމްް ސަމީރު1 ޖެނުއަރީ 2025
ނިމިގެން މިދާ 2024 ވަނަ އަހަރު ޕާކިސްތާނުގެ ސަލާމަތީ ބާރުތަކާއި ގާނޫނު ތަންފީޒުކުރާ އިދާރާތަކުން ޓެރަރިޒަމްއާ ދެކޮޅަށް 59،775 އޮޕަރޭޝަން ހިންގާފައި ވެއެވެ. ޖާސޫސީ މައުލޫމާތަށް ބިނާކޮށް ހިންގި މި އޮޕަރޭޝަންތަކަކީ ޓެރަރިޒަމާ ދެކޮޅަށް ކުރި މަސައްކަތުގައި ލިބުނު ބޮޑު ކާމިޔާބީއެއް ކަމަށް ސަރުކާރުން ބުނެއެވެ. އަދި އެތައް ސަތޭކަ ބަޔަކު ހައްޔަރުކޮށް، ޓެރަރިސްޓް ނެޓްވޯކްތަކާއި އެމީހުންގެ ސަޕޯޓް ސިސްޓަމްތައް ރޫޅާލައި ކަމާބެހޭ ފަރާތްތައް ވަނީ ހައްޔަރުކޮށްފަ އެވެ. މި އޮޕަރޭޝަންތަކަކީ ޚާއްސަކޮށް ހަރުކަށި ފިކުރުގެ މީހުން ހަރަކާތްތެރިވާ ސަރަހައްދުތަކުގައި ދިމާވާ ސަލާމަތީ ގޮންޖެހުންތަކާ ކުރިމަތިލުމަށް ކުރިއަށް ގެންދިޔަ ވިލަރެސް ކުރެވިގެން ދިޔަ މަސައްކަތުގެ ބައެކެވެ. މި ކާމިޔާބު މިޝަންގެ ބޮޑު ބައެއް އަމާޒުކޮށްފައިވަނީ ޓެރަރިސްޓުން ފިލައި ތިބޭ ތަންތަނާއި، ތަމްރީނު ކުރާ ކޭމްޕްތަކާއި، މުހިންމު ފެސިލިޓޭޓަރުންނަށް ކަމަށް ވެސް ސަރުކާރުން ބުނެފައި ވެއެވެ. މި އަހަރު ޓެރަރިސްޓުންގެ މުހިންމު އަމާޒުތަކަށް ވަރުގަދަ ސަމާލުކަމެއް ދީފައިވާއިރު، މަރާލެވުނު ޓެރަރިސްޓުންގެ ތެރެއިން 73 މީހުންނަކީ އެންމެ ބޮޑަށް ހޯދަމުންދާ މީހުންގެ ތެރޭގައި ހިމެނޭ ޓެރަރިސްޓުންގެ ގޮތުގައި ގިންތިކުރެވިފައިވާ މީހުންނެވެ. އޭގެ ތެރޭގައި ފިދާ ރަޙްމާން (ލާލާގެ ނަމުން މަޝްހޫރު)، އަލީ ރަޙްމާން، އަދި އަބޫ ޔަޙްޔާ ފަދަ ނަން ހުތުރު ފަރާތްތައް ހިމެނެއެވެ. މިއަހަރުވެސް ޖާނު ގޮއްވާލައިގެން ބޮން ގޮއްވާލަން އުޅުނު ދެ މީހަކު އަތުލައިގަތެވެ. އެ އޮޕަރޭޝަނުން އެތައް ބައެއްގެ ފުރާނަ ސަލާމަތް ކުރެވުނު ކަމަށް ބެލެވެ އެވެ.

ގުޅުންހުރި ޚަބަރު