ދިވެހި|English 9 ޖުލައި 2026 · 04:26
Top banner
Advertisement
ބަންގްލަދޭޝްގައި މާޒީ ފޮހެލަނީ: ޝެއިޚް މުޖީބުރު ރަހުމާންގެ ގެކޮޅަށް ހަމަލާދީފި
Uncategorized

ބަންގްލަދޭޝްގައި މާޒީ ފޮހެލަނީ: ޝެއިޚް މުޖީބުރު ރަހުމާންގެ ގެކޮޅަށް ހަމަލާދީފި

އއިބްރާހީމްް ސަމީރު11 ފެބްރުއަރީ 2025
ބަންގްލަދޭޝްގައި އެ ޤައުމުގެ ވެރިކަން ކުރި އަވާމީ ލީގާއާ ގުޅުންހުރި ތަންތަނަށް އަމާޒުކޮށް ގިނަ އަދަދެއްގެ އަނިޔާވެރި ހަމަލާތަކެއް ދީފިއެވެ. މި ހަމަލާތަކުގެ ތެރޭގައި ބަންގްލަދޭޝްގެ މިނިވަންކަމުގެ ބާނީ ކަމަށް ބެލެވޭ ޝެއިޚް މުޖީބުރު ރަހުމާންގެ ކުރީގެ ގެކޮޅަށް ދިން ހަމަލާއެއްވެސް ހިމެނެއެވެ. ބުދަ ދުވަހުން ފެށިގެން މުޅި ބަންގްލަދޭޝްގެ 35 ޑިސްޓްރިކްޓެއްގައި މަދުވެގެން 70 އަނިޔާވެރި ހާދިސާ ހިނގާފައިވާ ކަމަށް ކަމާބެހޭ ފަރާތްތަކުން ރިޕޯޓް ކޮށްފައިވެއެވެ. މި ހަމަލާތައް އަމާޒުކޮށްފައިވަނީ ވެރިކަންކުރާ އަވާމީ ލީގާއާ ގުޅުންހުރި ގެތަކާއި، ވިޔަފާރިތަކާއި އަދި މުއައްސަސާތަކަށެވެ. މި ހަމަލާތަކުގެ ތެރެއިން އެންމެ ސިއްސުވާލި އެއް ހަމަލާއަކީ ޝެއިޚް މުޖީބުއްރަހުމާންގެ ކުރީގެ ގެކޮޅަށް ދިން ހަމަލާއެވެ. ޝެއިޚް މުޖީބަކީ މިހާރުގެ ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝެއިޚް ހަސީނާގެ ބައްޕައެވެ. މުޒާހަރާގެ ބައިވެރިން ވަނީ މިއުޒިއަމަކަށް ބަދަލުކޮށްފައިވާ މި އިމާރާތަށް ވަދެގަނެފައެވެ. އަދި އެމީހުން ވަންއިރު، ފުލުހުން ތިބީ އެތާނގެ ކައިރީގައެވެ. މި ހާދިސާތަކާ ގުޅިގެން ބަންގްލަދޭޝް ނޭޝަނަލިސްޓް ޕާޓީން ވަނީ ސަރުކާރަށް އިލްތިމާސްކޮށް، ހަމަނުޖެހުން އުފެދިދާނެ ކަމުގެ އިންޒާރު ދީފައެވެ. އަދި އަވަށްޓެރި އިންޑިއާއިން ވަނީ ރަހުމާންގެ ގެއަށް ދިން ހަމަލާ ކުށްވެރިކޮށް، އެއީ ބަންގްލަދޭޝްގެ މިނިވަންކަމުގެ ހަނގުރާމައިގެ ރަމްޒެއް ނއްތާލުން ކަމަށް ބުނެފައެވެ. ބަނގްލަދޭޝްގެ ވަގުތީ ސަރުކާރާ ގުޅިފައިވާ ފަރާތްތަކުން ދަނީ އެގައުމުގެ މާޒީއާ ގުޅުން ހުރި އެތައް ހަނދާނެއް ނައްތާލުމަށް މަސައްކަތް ކުރަމުންނެވެ. މި ހާދިސާތަކާ ގުޅިގެން ބަންގްލަދޭޝްގެ ވަގުތީ ސަރުކާރުން ވަނީ ފުރާނައާއި މުދާ ރައްކާތެރިކުރުމަށް ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ވައުދުވެފައެވެ. ނޮބެލް އެވޯޑް ލިބިފައިވާ މުހައްމަދު ޔޫނުސް އިސްކޮށް ހުންނަވައިގެން އުފެއްދި ބަންގްލަދޭޝްގެ ވަގުތީ ސަރުކާރުން މިކަން ވައުދުވެ ވަޑައިގެންފައިވާއިރު، މި ހާދިސާތަކަކީ ކޯޑިނޭޓްކޮށްގެން ހިންގާފައިވާ ހަމަލާތަކެއް ކަމަށް ބެލެވެއެވެ.

ގުޅުންހުރި ޚަބަރު