ދިވެހި|English 9 ޖުލައި 2026 · 04:23
Top banner
Advertisement
ސްކޭމް މައްސަލައެއްގައި މީހަކު ހޯދަން ފަށައިފި
Uncategorized

ސްކޭމް މައްސަލައެއްގައި މީހަކު ހޯދަން ފަށައިފި

މމުހައްމަދު އަލީ21 އޭޕްރީލް 2025
ސްކޭމް މައްސަލައެއް  ތަހުގީގު ކުރުމަށް އެކަމާ ގުޅުންހުރި ކަމަށް ތުހުމަތުކުރެވޭ ދިވެހި ފިރިހެނަކު ހޯދަން ފަށައިފި ކަމަށް ފުލުހުން ބުނެފިއެވެ. މި މައްސަލގާއި ފުލުހުން ހޯދަމުންދަނީ ފަހުދު މުޙައްމަދު، ދަފްތަރު ނަންބަރު ދރ 416 / މާލެ (38އ) އެވެ. ފަހުދު މުހައްމަދު ހާޒިރުކުރަނީ މައްސަލައިގެ ތަހުގީގަށް ސުވާލުކުރުމަށެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން އޭނާ ހޯދަމުންދަނީ އެންޓި ސްކޭމް ސެންޓަރުން ތަހުގީގު ކުރަމުންދާ ސްކޭމް މައްސަލައެއްގެ ތަހުގީގަށް އޭނާ ހާޒިރުކުރަން ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީއެވެ. އަދި ޖިނާއި މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން ތަހުގީގަށް ހާޒިރުވުމަށް ފުލުހުން މިހާރު ވަނީ ޢިއުލާންވެސް ކޮށްފައެވެ. އޭނާ ފުލުހަށް ހާޒިރުވާން ޖެހެނީ މިމަހުގެ 28ވަނަ ދުވަހުގެ 10:00 އަށް ސާޖަންޓް އާދަމް ޙަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގަށެވެ. އެހެން ކަމުން އޭނާ ގަޑިއަށް ހާޒިރުވުމަށް ފުލުހުން ވަނީ އެދިފައެވެ.  

ގުޅުންހުރި ޚަބަރު