ދިވެހި|English 9 ޖުލައި 2026 · 04:22
Top banner
Advertisement
އައު މަތިންދާބޯޓުގެ 200 ބޯޓު ގަތުމަށް އޯޑަރު ޖަހައިފި
Uncategorized

އައު މަތިންދާބޯޓުގެ 200 ބޯޓު ގަތުމަށް އޯޑަރު ޖަހައިފި

އއިބްރާހީމްް ސަމީރު27 އޭޕްރީލް 2025
އެމެރިކާގެ ޔުނައިޓެޑް އެއާލާއިނުން ވަނީ މި ވައްތަރުގެ 200 މަތންދާބޯޓު ގަތުމަށް އޯޑަރު ދީފައެވެ. މިއީ ކެލިފޯނިޔާގެ ފެކްޓްރިއަކުން އުފައްދާ އައު ވައްތަރެއްގެ މަތިންދާބޯތެކެވެ. 200 މީހުންނަށް މީގައި ދަތުރު ކުރެވޭނެ އެވެ. މިއީ ތެޔޮ ޚަރަދު ކުޑަ ބޯޓެކެވެ. މި ބޯޓުން އަންދާނީ މިވަރުގެ މަތިންދާ ބޯޓުން އަންދާ ތެލުގެ ދެބައިކުޅަ އެއްބައެވެ. ޖެޓް ޒީރޯ ކުންފުނީގެ މި ބޯޓަށް އަދި ހުއްދަ ދީފައެއް ނުވެއެވެ. ނަމަވެސް މިދިޔަ އަހަރު މީގެ ބޯޓެއް އުދުއްސައި ޓެސްޓް ކޮށްފައި ވެއެވެ. އެމެރިކާ ސަރުކަރުގެ ކޮރަޕްޝަން އަމަލުތަކެއް ނުހިންގާ ނަމަ، މި ބޯޓަށް 2030އާ ހަމައަށް ހުއްދަ ލިބޭނެ ކަމަށް ބެލެވެއެވެ. މި ބޯޓަކީ އެމެރިކާގެ ބޯއިންގ ކުންފުންޏާ ވާދައަށް ބޯޓު އުފެއްދުމަށް މަސައްކަތް ކުރާ ކުންފުންޏެކެވެ.

ގުޅުންހުރި ޚަބަރު