ދިވެހި|English 9 ޖުލައި 2026 · 04:27
Top banner
Advertisement
ޒުވާނުންގެ މުޒާހަރާގައި އެމްޑީޕީ ބައިވެރިވެއްޖެ
Uncategorized

ޒުވާނުންގެ މުޒާހަރާގައި އެމްޑީޕީ ބައިވެރިވެއްޖެ

މމުހައްމަދު އަލީ3 މޭ 2025
މިރޭ އެމްޑީޕީން ބޭއްވި ކުއްލި ގައުމީ މަޖިލީހުން ފާސްކޮށްގެން ޒުވާނުންގެ މުޒާހަރާގައި އެޕާޓީން ބައިވެރިވެއްޖެއެވެ. މިރޭގެ ގައުމީ މަޖިލިސްގެ ބައްދަލުވުމަކީ ލީޑަރޝިޕް ރެޕިޑް ރެސްޕޮންސް ޓީމް (އެލްއާރުއާރުޓީ) އިން އެދިގެން ބޭއްވި ބައްދަލުވުމެކެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެޓީމުން ކުއްލި ބައްދަލުވުމެއް ބާއްވަން ނިންމީ ރޭ ޒުވާނުން ބޭއްވި މުޒާހަރާ ފުލުހުން ރޫޅާލުމުން އެކަންސިޔާސީވީކަމަށްބުނެ ސިޔާސީ ޕާޓީތަކާއި މަދަނީ ޖަމިއްޔާތަކާއި މައިންބަފައިން ވެސް މުޒާހަރާގައި ބައިވެރިވުމަށް ޒުވާނުންގެ ފަރާތުން ގޮވާލުމުން އެކަމަށް ގޮތެއް ނިންމުމަށެވެ. މިއަދު ހަވީރު ދަ ޑިމޮކްރެޓްސް އިންވެސް ވަނީ ޒުވާނުންގެ މިއެދުމަށް އިޖާބަ ދިނުމުގެ ގޮތުން މުޒާހަރާގައި ބައިވެރިވާން ނިންމައިފައެވެ. އެމްޑީޕީން މިރޭ ބޭއްވި ބައްދަލުވުމުގައި ވާހަކަ ދެއްކި އެންމެން ވެސް އިއްތިފާގުވީ އެޕާޓީއަކީ މިފަދަ ކޮންމެ ކަމެއްގައިވެސް ރައްޔިތުންގެ ހައްގުގައި ތެދުވާޕާޓީ ކަމަށެވެ. އެހެންވީމާ ޒުވާނުންގެ މުޒާހަރާގައި ބައިވެރިވުން އެއީ ކުރަންޖެހޭ ކަމެއް ކަމަށް އެމީހުން ފާހަގަކުރިއެވެ. އެނެމެން ބުނެފައިވަނީ ބައްދަލުވުމަށްފަހު ޒުވާނުންގެ މުޒާހަރާއާ ގުޅެން ދާންޖެހޭނޭ ކަމަށެވެ. އެގޮތަށް ބުނެ ޖީއެމްއިން ފާސްކޮށްގެން މިރޭ ކާނިވާ ސަރަހައްދުގައި ޒުވާނުން ބާއްވާ މުޒާހަރާގައި އެމްޑީޕީން ދަނީ ބައިވެރިވަމުންނެވެ.

ގުޅުންހުރި ޚަބަރު