ދިވެހި|English 9 ޖުލައި 2026 · 04:22
Top banner
Advertisement
އެމެރިކާ ދިފާއީ ވަޒީރަކީ ޖޯކަރެއް ކަމަށް ބުނެފި
Uncategorized

އެމެރިކާ ދިފާއީ ވަޒީރަކީ ޖޯކަރެއް ކަމަށް ބުނެފި

އއިބްރާހީމްް ސަމީރު7 އޮކްޓޯބަރު 2025
އެމެރިކާގެ ދިފާއީ ވަޒީރު ޕީޓް ހެގްސެތު ސިފައިންގެ އިސްވެރިންނާ ބައްދަލުކުރުމަށް ބޭއްވި ބައްދަލުވުމަށް އެރިޒޯނާގެ ސެނެޓަރު ރޫބެން ގެލެގޯ ފާޑުވިދާޅުވެއްޖެ އެވެ. ގެލެގޯ ވިދާޅުވީ އެއީ "އެއްވެސް މާނައެއް ނެތް ބޭކާރު" ބައްދަލުވުމެއް ކަމަށާއި، އަދި ޓްރަމްޕްގެ ސަރުކާރުން ސިފައިން ސިޔާސީ ކުރަމުންދާ ކަމަށް އޭނާ ތުހުމަތުކުރެއްވިއެވެ. ސީއެންއެންގެ ސްޓޭޓް އޮފް ދި ޔޫނިއަންގައި ވާހަކަ ދައްކަވަމުން، މެރިން ކޯޕްސްގެ ކުރީގެ ސިފައިންގެ މީހެއް ކަމަށްވާ ގެލެގޯ ވަނީ މި ބައްދަލުވުމަކީ ޓްރަމްޕްގެ ބާރު ދެއްކުމަށްޓަކައި ހިންގި "ޑްރާމާއެއް" ކަމެއް ކަމަށް ސިފަކުރައްވާފައެވެ. އޭނާ ވިދާޅުވީ، "އެ ބައްދަލުވުމުގައި ހެގްސެތު ކުރި ކޮންމެ ކަމަކީވެސް އީމެއިލްއަކުންވެސް އެންގިދާނެ ކަމެއް. އޭނާ ހަމައެކަނި ބޭނުންވީ ބާރު ދައްކަން ކަން ދަނީ ފެންނަމުން. އެކަމަކު އެކަން ކުރަނީ ވެސް ވަރަށް ދޯހަޅިކޮށް." ކަމަށެވެ. ރިޕޯޓުތައް ބުނާގޮތުން ޓެކްސް ދައްކާ ރައްޔިތުންގެ އެތައް މިލިއަން ޑޮލަރެއް ބޭކާރުކޮށްފައިވާ މި ސަމިޓަކީ، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އެމެރިކާ  ސިފައިންގެ އިސްވެރިން ބައިވެރިވުމަށް މަޖުބޫރު ކުރި އެއް ގަޑިއިރުގެ ސެޝަނެކެވެ. ދިފާޢީ އިސް އޮފިޝަލުންތަކެއް ބުނެފައިވާ ގޮތުގައި، މި ބައްދަލުވުމުގައި މާ ބޮޑު އެޖެންޑާއެއް ނެތެވެ. ބައްދަލުވުމުގައި ހެގްސެތު ވަނީ "ފަލަ ޖެނެރަލުންނަށް" މަލާމާތް ކޮށް، "ސިޔާސީ ކުނި" ސާފުކޮށް، "ހަނގުރާމަވެރި ރޫޙު" އާލާކުރާނެ ކަމަށް ވަޢުދުވެފައެވެ. ގެލެގޯ ވިދާޅުވީ މިކަމަކީ އިސްޓްރެޓަޖީއަށްވުރެ ބޮޑަށް، ހެގްސެތުގެ ނުތަނަވަސްކަން ހާމަވި ކަމެކެވެ. "އޭނާ ދަނޭ، ދިފާޢީ ވުޒާރާގެ ތެރޭގައި މީހުން އޭނާ ދެކެނީ ޖޯކަރެއްގެ ގޮތުގައި ކަމަށް. އަހަންނަށް ހީވަނީ އޭނާ ބައެއް ޖެނެރަލުންގެ މައްޗަށް ބާރު ދައްކަން މަސައްކަތް ކުރަނީ ހެން" ގެލެގޯ ވިދާޅުވިއެވެ.

ގުޅުންހުރި ޚަބަރު