ދިވެހި|English 9 ޖުލައި 2026 · 02:28
Top banner
Advertisement
މަސްވެރިކަމުގައި އައު އީޖާދީ ވަސީލަތްތައް ބޭނުން ކުރުމުން ކާނާގެ ރައްކާތެރިން ކަށަވަރުވާނެ
ޚަބަރު

މަސްވެރިކަމުގައި އައު އީޖާދީ ވަސީލަތްތައް ބޭނުން ކުރުމުން ކާނާގެ ރައްކާތެރިން ކަށަވަރުވާނެ

ހިރި ނިއުސްހިރި ނިއުސް8 ޖުލައި 2026

މަސްވެރިކަމުގައި އައު އީޖާދީ ވަސީލަތްތައް ބޭނުން ކުރުމުން މުޅި ސަރަޙައްދުގެ ކާނާގެ ރައްކާތެރިކަމާއި އިގްތިސާދީ ތަނަވަސްކަން ކަށަވަރުވެގެންދާނޭ ކަމަށް މަސްވެރިކަމާ ދަނޑުވެރިކަމާ ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ މުހައްމަދު މުއްތަލިބް ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ ވިޔަފާރީގެ ގޮތުން މުހިންމު ކަނޑުމަހުގެ ބާވަތްތަކާ ގުޅޭގޮތުން ބޭއްވި ސާކް ސަރަޙައްދީ މަޝްވަރާ ބައްދަލުން އިފްތިތާހް ކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގައެވެ.

މުޙައްމަދު މުއްޠަލިބް ވަނީ ރާއްޖެއަށް ވަޑައިގެންނެވި މަންދޫބުންނަށް މަރުޙަބާ ދަންނަވައި، ސަރަޙައްދީ އެއްބާރުލުމާއި، މަޢުލޫމާތު ޙިއްސާކުރުމާއި، އައު އީޖާދީ ގޮތްތައް ބޭނުންކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އަދި މިކަންކަމުގެ ސަބަބުން ކަނޑުގެ ވަސީލަތްތަކަކީ މުޅި ސަރަޙައްދުގެ ކާނާގެ ރައްކާތެރިކަމާއި، ދެމެހެއްޓެނިވި އާމްދަނީއާއި، އިޤްތިޞާދީ ތަނަވަސްކަން ކަށަވަރުކޮށްދޭ ވަސީލަތްތަކެއްގެ ގޮތުގައި ދެމެހެއްޓޭނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ވިޔަފާރީގެ ގޮތުން މުހިންމު ކަނޑުމަހުގެ ބާވަތްތަކާ ގުޅޭގޮތުން ބޭއްވި ސާކް ސަރަޙައްދީ މަޝްވަރާ ބައްދަލުވުމުގައި، ސާކުގެ މެންބަރު ޤައުމުތަކުގެ މަންދޫބުން ބައިވެރިވެވަޑައިގެން މަޢުލޫމާތާއި ތަޖުރިބާ ޙިއްސާކުރައްވައި، މިދާއިރާއަށް ކުރިމަތިވަމުންދާ ގޮންޖެހުންތަކާއި ފުރުޞަތުތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެއްވިއެވެ. މި ބައްދަލުވުމުގެ މައިގަނޑު މަޤްޞަދަކީ ވިޔަފާރީގެ ގޮތުން މުހިންމު ކަނޑުމަހުގެ ބާވަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމަށާއި ތަރައްޤީކުރުމަށްޓަކައި، ސަރަޙައްދީ ފެންވަރުގައި އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމެވެ.

ގުޅުންހުރި ޚަބަރު