ދިވެހި|English Aug 24, 2026 · 08:02
Top banner
Advertisement
މަތިންދާބޯޓުގެ ފާޚާނާ ދޮރާލައި ޓްރަމްޕް ފިއްތައިފި
World

މަތިންދާބޯޓުގެ ފާޚާނާ ދޮރާލައި ޓްރަމްޕް ފިއްތައިފި

އއިބްރާހީމްް ސަމީރުDec 13, 2025
އެމެރިކާގެ ރައީސް ޓްރަމްޕްގެ ރަސްމީ މަތިންދާބޯޓުގެ ފާޚާނާ ދޮރާލައި ޓްރަމްޕް ފިއްތައިފިއެވެ. މި ހަދިސާ ހިނގާފައި ވަނީ ޕެންސެލްވޭނިއާއަށް ކުރި ދަތުރެއްގައި މިދިޔަ އަންގާރަ ދުވަހުގެ ރޭގައެވެ. މިކަން ހިނގާފައިވަނީ މަތިންދާބޯޓުގައި ފަރުވާތެރިވުމުގެ މުހިންމުކަމާ ބެހޭ ގޮތުން ޓްރަމްޕް ނޫސްވެރިންނާ ވާހަކަ ދެއްކެވުމަށްފަހު އެނބުރި ވަޑައިގަންނަވަނިކޮށް މީހަކު ފާޚާނާއިން ނިކުތް ވަގުތާއެވެ. ޓްރަމްޕް ފާޚާނާ ދޮރާހަމައަށް ވަޑައިގަތް ވަގުތު އެމީހާ ދޮރު ހުޅުވާލުމުން ޓްރަމްޕް ތާށި ވުމުން އެމީހާ އަލުން ދޮރު ލެއްޕިއެވެ. އަދި ޓްރަމްޕް ތަކި ޖައްސަވައި ދެން ނިކުތަސް ރަނގަޅުވާނެ ކަމަށް ވިދާޅުވެ ސަމާސާ ކުރެއްވިއެވެ. މިކަން ވެގެން ދިޔައީ އޭނާއާއެކު ދަތުރު ކުރި ނުސްވެރިންނަށް މަޖާ ކަމަކަށެވެ.

Related News