ދިވެހި|English Oct 8, 2026 · 10:47
Top banner
Advertisement
ސައޫދީ އަރަބިއްޔާއަށް ބޯކޮށް ވެހި ފެން ބޮޑު ވެއްޖެ
World

ސައޫދީ އަރަބިއްޔާއަށް ބޯކޮށް ވެހި ފެން ބޮޑު ވެއްޖެ

އއިބްރާހީމްް ސަމީރުDec 14, 2025
ސައުދީ އަރަބިއްޔާގެ ހުޅަނގު އައްސޭރީގައި މި ހަފްތާގައި ބާރުގަދަ ގުގުރުމާއި އެކު ރެކޯޑް އަދަދަކަށް ބޯކޮށް ވާރޭވެހި ޖިއްދާ އާއި ޔަންބުޢު ފަދަ މުހިއްމު ސިޓީތަކުގައި ފެން ބޮޑު ވެއްޖެއެވެ. ޑިސެމްބަރު 6 ން ފެށިގެން ޑިސެމްބަރު 10 އަށް ގަދައަށް ވިއްސާރަކޮށްފައި ވެއެވެ. މިމޫސުމީ ކާރިސާ ދިމާވެފައި ވަނީ ރެޑް ސީ ފިލްމު ފެސްޓިވަލްއާ އެވެ. މީސްމީޑިއާގައި މީހުން ލާފައިވާ ވީޑިއޯތަކުން ފެންނަނީ ބޯކޮށް ފެންގަނޑު އޮހިގެން ދިޔައިރު ކާރުތައްވެސް ދޮވެވިގެން ދިޔަ ތަނެވެ. އެންމެ ބޯކޮށް ވެހިފައި ވަނީ ޖިއްދާ ސަރަހައްދަށެވެ. މަދީނާ ޕްރޮވިންސްގައި ވެސް ފެން ބޮޑުވި ކަމަށް ރިޕޯޓް ކޮށްފައި ވެއެވެ.

Related News