ދިވެހި|English Aug 24, 2026 · 09:35
Top banner
Advertisement
ފަހު ޒަމާނުގެ އަލާމާތެއް: ޔޫއޭއީގައި ފެންބޮޑުވުން
World

ފަހު ޒަމާނުގެ އަލާމާތެއް: ޔޫއޭއީގައި ފެންބޮޑުވުން

އއިބްރާހީމްް ސަމީރުDec 19, 2025
ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)އަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ކާރިސާއެއް ކުރިމަތިވެއްޖެއެވެ. ދުބާއީއަށް ބުރާސްފަތި ދުވަހުގެ ރޭ ފެށިގެން ބޯކޮށް ވާރޭވެހިފައި ވެއެވެ. އަބޫދާބީއަށްވެސް އެވަރަށް ވެހިފައި ވެއެވެ. އެކަމުގެ ސަބަބުން ސިޓީތަކުގައި ފެންބޮޑުވެ، އާންމު ދިރިއުޅުމަށް ބުރޫ އަރާފައި ވެއެވެ. ބައެއް އަޑި ހިސާބުތަކުގައި ފެންގަނޑު ވަނީ ކާރުގެ މަތިން އަރާފައެވެ. ޕްރައިވެޓް ކުންފުނިތަކާއި ސަރުކާރުގެ މުވައްޒަފުންނަށް ގޭގައި ތިބެގެން މަސައްކަތް ކުރުމަށް އަންގާފައިވެއެވެ. ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، ގޮނޑުދޮށްތަކާއި، ޕާކުތަކާއި، ފަތުރުވެރިކަމުގެ ތަންތަން ވަގުތީ ގޮތުން ވަނީ ބަންދުކޮށްފައެވެ. ޔޫއޭއީގެ އުމްރާނީ ތަރައްޤީ ބިނާކޮށްފައި ވަނީ ހަނަފަސް މާޙައުލަކަށެވެ. އެއީ، ކުއްލިއަކަށް ވެހި ފެންބޮޑުވުމުން ފެން ހިންދައި ދޭނެފަދަ ނިޒާމުތައް ބިނާކޮށްފައިވާ ތަންތަނެއް ނޫނެވެ. މިފަދަ ފެންބޮޑުވުންތަކެއް 2024 ވަނަ އަހަރުގެ އެޕްރީލް މަހުވެސް ކުރިމަތިވެފައި ވެއވެ. ވައިގެ ދަތުރުފަތުރަށް ވެސް ބުރޫ އަރާފައި ވެއެވެ. އަދި އިންޝޫރެންސް ކުންފުނިތަކުންވެސް ވަނީ ފެންބޮޑުވުމުގެ ސަބަބުން އުޅަނދުތަކަށް ލިބޭ ގެއްލުމުން ރައްކާތެރިވުމަށް އާންމުންނަށް އިލްތިމާސްކޮށްފައެވެ. ފީފާ އަރަބް ކަޕްގައި މިއަދު އިމާރާތާއި ސައުދީން ކުލެން އޮތް މެޗުވެސް ވަނީ ކެންސަލް ކޮށްފައެވެ. اللهم اغفر لنا ذنوبنا، وكفّر عنا سيئاتنا، وتوفّنا مع الأبرار. اللهم اجعل هذا المطر رحمةً لا عذاباً، وسقياً نافعةً لا ضارّة. اللهم احفظ المسلمين في الإمارات وفي كل مكان، وامنحهم الصبر والثبات.

Related News