ދިވެހި|English Aug 24, 2026 · 09:35
Top banner
Advertisement
ޗައިނާ ކުންފުނިތަކަށް އޮތް ހުރަސްތައް ނައްތާލަނީ
World

ޗައިނާ ކުންފުނިތަކަށް އޮތް ހުރަސްތައް ނައްތާލަނީ

އއިބްރާހީމްް ސަމީރުJan 10, 2026
އިންޑިއާ ސަރުކާރުގެ މަޝްރޫއުތަކަށް ބިޑް ކުރުމުގައި ޗައިނާގެ ކުންފުނިތަކަށް މިހާރު އޮތް ހުރަސްތައް ނައްތާލުމަށް އެ ގައުމުން ތައްޔާރުވަމުންދާ ކަމަށް މިކަމާ ގުޅުންހުރި މަސްދަރުތަކުން ހާމަކޮށްފިއެވެ. މިއީ 2020 ވަނަ އަހަރު ދެ ގައުމުގެ ބޯޑަރުގައި ހިނގި ކުރިމަތިލުންތަކަށްފަހު، ޗައިނާގެ އިންވެސްޓްމަންޓްތަކަށް އިންޑިއާއިން ކުރިމަތިކުރި ހަރުކަށި ފިޔަވަޅުތަކަށް އަންނާނެ ބޮޑު ބަދަލެކެވެ. މި މައުލޫމާތު އެނގޭ އޮފިޝަލުން ވިދާޅުވާ ގޮތުގައި، ނިއުދިއްލީން މި ބަދަލު ގެނައުމަށް ވިސްނަމުންދަނީ ބެއިޖިންއާއެކު އޮތް އިގްތިސާދީ ގުޅުން ހަމަޖެއްސުމަށާއި، ބޮޑެތި އިންފްރާސްޓްރަކްޗަރ އަދި ޓެކްނޮލޮޖީ މަޝްރޫއުތަކަށް ވާދަވެރި އަގުތަކެއް ހޯދުމުގެ ބޭނުމުގައެވެ. މި ބަދަލު ގެނައުމަށް މަޝްވަރާ ކުރެވެމުން މިދަނީ ހިމާލިޔާ ބޯޑަރުގައި އަދިވެސް އަސްކަރީ ނުތަނަވަސްކަން އޮތް ދަނޑިވަޅެއްގައެވެ. މި ސިޔާސަތަށް ބަދަލު ގެނެސްފިނަމަ، ކަރަންޓާއި، ރޭލްވޭ އަދި ޓެލެކޮމިއުނިކޭޝަން ފަދަ ދާއިރާތަކުން ސަރުކާރުން ހުޅުވާލާ ބިލިއަން ޑޮލަރުގެ ޓެންޑަރުތަކުގައި ބައިވެރިވުމުގެ ފުރުސަތު ޗައިނާ ކުންފުނިތަކަށް އަލުން ލިބިގެންދާނެއެވެ. މިއީ ގައުމީ ސަލާމަތާއި އިގްތިސާދީ މަސްލަހަތު ބެލެންސް ކުރުމަށް އިންޑިއާއިން އަޅާ ފިޔަވަޅެއް ކަމަށް މުހައްލިލުން ދެކެއެވެ. އިގްތިސާދީ މާހިރުން ފާހަގަކުރާ ގޮތުގައި، މަޝްރޫއުތަކުގެ އަގު އުފުލުމާއި އިންޑިއާގެ އަމިއްލަ އުފެއްދުންތެރިކަން ހުރި މިންވަރަށް ބަލާއިރު، ޗައިނާގެ ކުންފުނިތަކަށް ފުރުސަތު ދިނުމަކީ މަޝްރޫއުތަކުގެ ހަރަދު ކުޑަކުރުމަށް އެހީތެރިވެދޭނެ ކަމެކެވެ. މި ރިޕޯޓްތަކާ ގުޅޭގޮތުން އިންޑިއާ ސަރުކާރުން ރަސްމީކޮށް އަދި އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.

Related News