ދިވެހި|English Jul 10, 2026 · 01:39
Top banner
Advertisement
ޔޫރަޕުން އީރާންގެ މީހުންނަށް ލޮލީއާއި ޖޫސްޕެޓީ ބަހަން ވިސްނަނީ
World

ޔޫރަޕުން އީރާންގެ މީހުންނަށް ލޮލީއާއި ޖޫސްޕެޓީ ބަހަން ވިސްނަނީ

އއިބްރާހީމްް ސަމީރުJan 12, 2026
އެމެރިކާގައި ޢާންމު ރައްޔިތުން ވަގަށް ނެގުމާއި އެމީހުންނާ ދިމާއަށް އެމެރިކާގެ ގެސްޓާޕޯ ވައްތަރުގެ ސިއްރު ފުލުހުން ބަޑި ޖަހައި މީހުން މެރުމުގެ ހާދިސާތަކަށް ޔޫރަޕްގެ ވެރިން ކަން ބޮޑެއް ނުވެއެވެ. ނަމަވެސް އީރާނުގެ ޖެންޒީގެ މުޒާހަރާއަށް ފަހު މިމީހުން ލޮލަކަށް ނިންޖެއް ނާދެއެވެ. ޔޫރަޕްގެ ޖަމާއަތުން ދަނީ އީރާނުގެ މުޒާހަރާ ކުރާ މީހުންނަށް ލޮލީއާއި ޖޫސް ޕެޓީ ބެހުމަށްވެސް ވިސްނަމުންނެވެ. ހުޅަނގުގެ ގައުމުތަކުގައި ތިބެގެން އީރާންގެ މުޒާހަރާތަކަށް ސަޕޯޓު ކުރާ މީހުން އިސްލާމްދީނާ މެދު ގެންގުޅޭ ނަފްރަތާއި ހަސަދަވެރިކަންވެސް ފެނިގެން ދެއެވެ. އެމީހުން ދަނީ އީރާންގެ އިސްލާމީ ދިދައަކީ އެމީހުން އެންމެ ފޫހިވާ ރަމުޒު ކަމަށް ބުނަމުންނެވެ. އަދި އީރާންގެ ޚުދުމުޚުތާރު ވެރޔާ ޕެހެލްވީގެ ވެރިކަމުގައި ބޭނުން ކުރި ފާރިސީ ދިދައާއި އިޒްރޭލު ދިދައާއެކު މިމީހުން ގެންދަނީ ދެ ދިދަ އެއްކޮށް ވިހުރުވަމުންނެވެ. އީރާނުގެ އެތެރޭން ޚަބަރުތައް ބުނާ ގޮތުގައި މުޒާހަރާތައް ކޮންމެވެސް ވަރަކަށް އެބަ އުޅެއެވެ.ނަމަވެސް މީސްމީޑއާގައި ފަތުރާ މަންޒަރުތަކާ ޚިލާފަށް އާންމު މައިދާންތަކާއި ބާޒާރުތަކުގައި ޓްރަމްޕް ފާސިގު ފަތުރާ ޒާތުގެ ކަންތައްތަކެއް ފެންނާން ނެތް ކަމަށް ބުނެއެވެ.

Related News