ދިވެހި|English Jul 10, 2026 · 01:32
Top banner
Advertisement
އަރަބި 3 ގައުމަކުން ހަމަނުޖެހުން އުފެއްދުމަށް އެހީވި
World

އަރަބި 3 ގައުމަކުން ހަމަނުޖެހުން އުފެއްދުމަށް އެހީވި

އއިބްރާހީމްް ސަމީރުJan 15, 2026
އީރާނުގެ މިހާރުގެ ހަމަނުޖެހުމަށް އަރަބި އަވަށްޓެރި އީރާނާ ސަރަހައްދު ހިއްސާކުރާ 3 ގައުމަކުން އެހީތެރިވެ ދިނެވެ. މީގެ ކުރިން 12 ދުވަހުގެ ހަނގުރާމައިގައިވެސް އަރަބި 9 ގައުމަކުން އީރާނާ ދެކޮޅަށް ސަހުޔޫނީންނަށް އެހީވެ ދިނެވެ. މި ފަހަރު އެހީތެރިވެ ދިން 3 ގައުމުގައި މީހުންނަށް ތަމްރީންދީ އެމީހުން ހޮޓާތަކުގައި ބޭތިއްބި ކަމަށް ހައްޔަރުކޮށްފައިވާ މީހުން ކިޔައިދީފައި ވެއެވެ. ބެލެވޭ ގޮތުގައި މިމީހުން ތަމްރީން ކުރުމުގެ އަޑީގައި އުޅުނީ އެމެރިކާއެވެ. އެކަން ސާފުވާ ގޮތަކީ އީރާނުން ލިބޭ މައުލޫމާތަށް ބަލާއިރު، އީރާނުން ވަނީ އެ ތިން އަރަބި ގައުމާ ސުއާލުކޮށްފައެވެ. ކޮށްފައިވާ ސުއާލަކީ އެގައުމުތަކުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒަކީ އެ ގައުމުތަކުގެ ސިޔާދަތުގައި ހިމެނޭ ތަންތަން ތޯ ނޫނީ އެއީ އެމެރިކާގެ ސިޔާދަތުގައި ހިމެނޭ ތަންތަން ތޯއެވެ. މީގެ ޖަވާބުގައި ބުނެފައި ވަނީ އެއީ އެމެރިކާގެ ސިޔާސަތުގައި ހިމެނޭ ތަންތަން ކަމަށެވެ. މާނައަކީ އީރާނަށް ކުރިމަތިވާ ނުރައްކަލުގައި އެތަންތަނަކީ ހަމަލަ ދިނުމަށް ޖާއިޒު އަމާޒުތަކެއް ކަމެވެ. މީގެ އިތުރުން އީރާނުގެ ޖާސޫސީ އިދާރާއިން ބުނާ ގޮތުގައި މިދިޔަ ދުވަސްތަކުގައި އީރާނުގެ ޕެޓްރޯލު ސްޓޭޝަންތަކަށް އެމެރިކާއިން 19 ހާސް ސައިބާ ހަމަލަތައް ދީފައި ވެއެވެ. އަދި މިއަދު ޓްރަމްޕްގެ ބަޔާންތަކުން އެނގުނީ އޭނާ އީރާނަށް ހަމަލަދޭން ފަސްޖެހޭ ކަމެވެ. ޖާސޫސީ ރިޕޯޓްތައް ބުނާ ގޮތުން އެމެރިކާގެ އަމާޒަކީ އީރާނުގެ އިމާމް އަވަހާރަ ކޮށްލުމެވެ. ސަމާޙަތުލް އިމާމް އަލީ ޚާމަނާއީ ޝަހީދުކޮށްލެވިއްޖެނަމަ އެމެރިކާއާއި ސަހުޔޫނީ ބާރުތަކުން ބަލަނީ އީރާންގައި ލީބިޔާއާއި އިރާގާއި ޔަމަނާއި ސޫދާނާއި ސޫރިޔާއަށް ހަދާލެވުނު ގޮތް ހަދާލެވިދާނެ ކަމަށެވެ. ނަމަވެސް މެދުއިރުމަތީގެ އެންމެ ދުވަސްވީ 5 ހާސް އަހަރު ވެފައިވާ ޙަޞާރާކަމަށްވާ ފާރިސީންގެ ދައުލަތް 300 އަހަރުވެފައިވާ އެމެރިކާފަދަ ފޭރޭބައެއްގެ ވެރިކަން އޮންނަ ގައުމަކަށް ރޫޅާލެވުމުގައި ކާމިޔާބުވަނެތޯ ސުއާލު އުފެދެއެވެ.

Related News