ދިވެހި|English Aug 24, 2026 · 09:37
Top banner
Advertisement
އިންޑިއާގެ ތެލުގެ ވިޔަފާރި
World

އިންޑިއާގެ ތެލުގެ ވިޔަފާރި

އއިބްރާހީމްް ސަމީރުJan 20, 2026
އިންޑިއާގެ ފޮރިން މިނިސްޓްރީން ފާހަގަކޮށްފައިވަނީ ރަޝިއާއިން ތެޔޮ ގަތުމާ ގުޅިގެން އެ ގައުމަށް އަމާޒުކޮށް ނުއިންސާފުން ފާޑުކިޔަމުންދާ ކަމަށެވެ. މިއީ އެމެރިކާގެ ރައީސް ޓްރަމްޕް އިންޑިއާގެ މުދަލަށް ނަގާ ޓެރިފް އިތުރުކުރާނެ ކަމަށް ބުނެ އިންޒާރުދިނުމުން، އޭގެ މިންވަރު ބަޔާންކޮށްފައި ނުވާތީ ދިން ޖަވާބެކެވެ. އެމެރިކާއިން ވަނީ ރަޝިއާއިން ތެލާއި ހަތިޔާރު ގަތުމާ ގުޅިގެން އިންޑިއާއަށް 25 ޕަސެންޓްގެ ޓެރިފެއް ނަގާފައެވެ. އިންޑިއާއިން ބުނެފައިވަނީ 2022 ގައި ރަޝިއާ-ޔޫކްރެއިން ހަނގުރާމަ ފެށުމާއެކު، ޔޫރަޕަށް ދިޔަ ތެލުގއިެ ސަޕްލައި ބަދަލުވުމާ ގުޅިގެން ރަޝިއާއިން ތެޔޮ ގަންނަން ފެށި ކަމަށެވެ. އިންޑިއާއިން ފާހަގަކުރި ގޮތުގައި އެ ގައުމަށް ފާޑުކިޔާ ފަރާތްތަކުން ވެސް ރަޝިއާއާއެކު ވިޔަފާރިކުރަމުންދެއެވެ. އަދި އީޔޫގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި 2025 ގައި އީޔޫ-ރަޝިއާ ވިޔަފާރި 67.5 ބިލިއަން ޔޫރޯއަށް އަރާފައިވެއެވެ.

Related News