ދިވެހި|English Jul 10, 2026 · 01:30
Top banner
Advertisement
އެމެރިކާއާއި ކެނެޑާގެ ވިޔަފާރި ހަނގުރާމަ
World

އެމެރިކާއާއި ކެނެޑާގެ ވިޔަފާރި ހަނގުރާމަ

އއިބްރާހީމްް ސަމީރުJan 28, 2026
ކެނެޑާއިން ޗައިނާއާއެކު އައު ވިޔަފާރީގެ އެއްބަސްވުމެއް ކުރިއަށް ގެންގޮސްފިނަމަ، ކެނެޑާގެ ހުރިހާ މުދަލަކުން 100 އިންސައްތަ ޓެރިފް ނަގާނެ ކަމުގެ ހަރުކަށި އިންޒާރެއް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ދެއްވައިފިއެވެ. ޓްރަމްޕް މި އިންޒާރު ދެއްވީ އޭނާގެ ސޯޝަލް މީޑިއާ ޕްލެޓްފޯމުގައި ކުރެއްވި ޕޯސްޓެއްގައެވެ. ޓްރަމްޕް ތުހުމަތު ކުރެއްވި ގޮތުގައި ކެނެޑާގެ ބޮޑުވަޒީރު މާކް ކާނީ މަސައްކަތް ކުރައްވަނީ ކެނެޑާއަކީ ޗައިނާގެ އުފެއްދުންތައް އެމެރިކާއަށް އެތެރެކުރުމަށް ބޭނުންކުރާ ބަނދަރެއްގެ އެއްގެ ގޮތުގައި ހެއްދެވުމަށެވެ. މި މައްސަލަ އުފެދިފައިވަނީ ޗައިނާގެ އިލެކްޓްރިކް އުޅަނދުތަކުން ނަގާ ޓެރިފް ކެނެޑާއިން ކުޑަކުރުމަށާއި، އޭގެ ބަދަލުގައި ކެނެޑާގެ ދަނޑުވެރިކަމުގެ އުފެއްދުންތަކުން ޗައިނާއިން ނަގާ ޓެކްސް ކުޑަކުރުމަށް މަޝްވަރާ ކުރެވެމުންދާ އެއްބަސްވުމަކާ ގުޅިގެންނެވެ. މި އެއްބަސްވުމަށް ފުރަތަމަ ޓްރަމްޕް ތައުރީފު ކުރެއްވި ނަމަވެސް، ފަހުން ވަނީ އެ ނިންމެވުން ބަދަލުކުރައްވާފައެވެ. ޓްރަމްޕް ވިދާޅުވީ ކެނެޑާއިން އެ އެއްބަސްވުން ނިންމައިފިނަމަ، ވަގުތުން ޓެރިފްތަކުގެ ނޭދެވޭ އަސަރު ކެނެޑާއަށް ކުރާނެ ކަމަށެވެ. މިއީ އެމެރިކާގެ އިގްތިސާދު ހިމާޔަތްކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ. މިކަމާ ގުޅިގެން ކެނެޑާގެ އޮފިޝަލުން ވަނީ ޗައިނާއާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ގާއިމުކުރުމަށް މަސައްކަތް ކުރަމުން ނުދާކަމަށް ބުނެފައެވެ. އަދި އެމެރިކާއާއި ކެނެޑާއާ ދެމެދު އޮތް ވަރުގަދަ އިގްތިސާދީ ގުޅުން އެ އޮފިޝަލުން އަލުން ކަށަވަރުކޮށްދެއްވިއެވެ. ނަމަވެސް، މި ދެ ގައުމުގެ ދެމެދުގައި އޮތް ނުތަނަވަސްކަން ދަނީ އިތުރުވަމުންނެވެ. މި ޚިޔާލުތަފާތުވުންތައް އުފެދިފައިވަނީ ނޭޓޯ އާއި ގްރީންލޭންޑްގެ މައްސަލައިގައި ޓްރަމްޕާއި ކާނީއާ ދެމެދު ބަހުގެ ހަމަލާތަކެއް ބަދަލުކުރެވެމުންދާ ދަނޑިވަޅެއްގައެވެ. މީގެ އިތުރުން ޖިއޯޕޮލިޓިކަލް އެހެން މައްސަލަތަކުގައި ވެސް ދެ ބޭފުޅުންގެ މެދުގައި ބޮޑެތި ޚިޔާލުތަފާތުވުންތަކެއް ހުރިކަން ފާހަގަކުރެވެއެވެ. މޮނޮކްރޯމް މީޑިއާ ސިންޑިިކޭޓެޑް ނިއުސް

Related News