ދިވެހި|English Jul 10, 2026 · 02:15
Top banner
Advertisement
ކެނެޑާ ފުލުހުންގެ ކޮރަޕްޝަން
World

ކެނެޑާ ފުލުހުންގެ ކޮރަޕްޝަން

އއިބްރާހީމްް ސަމީރުFeb 7, 2026
ކެނެޑާގެ ޓޮރޮންޓޯ ފުލުހުންގެ ހިދުމަތުގައި މަސައްކަތްކުރާ ހަތް އޮފިސަރަކާއި ކުރީގެ އޮފިސަރަކު، މަސްތުވާތަކެތީގެ ވިޔަފާރިކުރުމާއި މީހަކު މަރާލަން ރޭވުމުގެ ތުހުމަތުގައި ހައްޔަރުކޮށްފިއެވެ.  މި މީހުންގެ މައްޗަށް ކުރެވޭ ތުހުމަތުތަކުގެ ތެރޭގައި ފެންޓަނީލް އާއި ކެނަބިސް ޓްރެފިކް ކުރުމާއި، ޖަލުތަކުގެ އިސްވެރިއަކު މަރާލަން ރޭވުމާއި، ފުލުހުންގެ ސިއްރު މައުލޫމާތު ބޭނުންކޮށްގެން ބިރުދައްކައިގެން ފައިސާ ހޯދުން ހިމެނެއެވެ. މި މައްސަލައިގެ ތަހުގީގު ފެށިގެން އައީ ޖޫން 2025 ގައި، ފުލުހުންގެ ވަގަށް ނަގާފައިވާ ކާރެއް ބޭނުންކޮށްގެން ޖަލު އޮފިޝަލަކު މަރާލަން ދިން ހަމަލާއަކާ ގުޅިގެންނެވެ. މި ބޮޑު އޮޕަރޭޝަނުގައި އެކި އިދާރާތަކުން 400 އަށްވުރެ ގިނަ ފުލުހުން ބައިވެރިވެފައިވާ އިރު، ފުލުހުންގެ އިތުރުން ހަތް އާންމުންވެސް ވަނީ މި މައްސަލައިގައި ހައްޔަރުކޮށްފައެވެ. މި ހާދިސާއަކީ ޖިނާއީ ގްރޫޕްތަކުން ގާނޫނު ތަންފީޒުކުރާ އިދާރާތަކުގެ ތެރެއަށް ނުފޫޒު ފޯރުވާފައިވާ މިންވަރު ހާމަވެގެންދިޔަ ކަމެކެވެ. ޓޮރޮންޓޯގެ ފުލުހުންގެ ވެރިޔާ މައިރަން ޑެމްކިވް ވިދާޅުވީ، މި ތަހުގީގަކީ ފުލުހުންގެ ތެރޭގައި އޮތް ކޮރަޕްޝަންގެ ނުރައްކާތެރި އަސަރުތަކާ ދެކޮޅަށް ކުރެވޭ މުހިންމު މަސައްކަތެއް ކަމަށެވެ. ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ގިނަ ބަޔަކު ބުނަމުންދަނީ މިއީ މުޅި ނިޒާމުގައި އޮތް މައްސަލައެއް ކަމަށާއި، މީގެ ސަބަބުން ފުލުހުންނަށް އޮތް އިތުބާރު ކުޑަވެފައިވާ ކަމަށެވެ.

Related News