ދިވެހި|English Jul 10, 2026 · 01:30
Top banner
Advertisement
ޔުރޭނިއަމް ފައްކާ ކުރުމަކާ ނުބެހެވޭނެ: އީރާން
World

ޔުރޭނިއަމް ފައްކާ ކުރުމަކާ ނުބެހެވޭނެ: އީރާން

އއިބްރާހީމްް ސަމީރުFeb 9, 2026
ހަނގުރާމައެއްގެ ބިރު އޮތް ނަމަވެސް، އީރާނުން ޔުރޭނިއަމް ފައްކާކުރުމުގެ ގާބިލުކަން ދޫކޮށްނުލާނެ ކަމަށް އެ ގައުމުގެ ފޮރިން މިނިސްޓަރު އައްބާސް އަރަގްޗީ ވިދާޅުވެއްޖެއެވެ. އަރަގްޗީ މިހެން ވިދާޅުވީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އީރާނުން ޔުރޭނިއަމް ފައްކާކުރުން މުޅިން ހުއްޓާލުމުގެ ޒީރޯ އެންރިޗްމަންޓް ޕޮލިސީ ބާރުއަޅުއްވަމުން ގެންދަވާ ދަނޑިވަޅެއްގައެވެ. ތެހެރާންގައި އާދީއްތަ ދުވަހު ބޭއްވި އިސްލާމީ ޖުމްހޫރިއްޔާގެ ޚާރިޖީ ސިޔާސަތާ ބެހޭ ގައުމީ ކޮންގްރެސްގައި ވާހަކަ ދައްކަވަމުން އަރަގްޗީ ވިދާޅުވީ، ޔުރޭނިއަމް ފައްކާކުރުމަކީ ގައުމުގެ އިސްތިގުލާލާއި ގައުމީ ކަރާމާތާ ގުޅިފައިވާ ގާނޫނީ ހައްގެއް ކަމަށެވެ. "އަޅުގަނޑުމެންގެ މައްޗަށް ހަނގުރާމައެއް މަޖުބޫރު ކުރެވުނު ކަމުގައި ވިޔަސް، މިކަން ދޫކޮށްލަން ތައްޔާރު ނުވަނީ ކީއްވެގެންތޯ؟ ސަބަބަކީ އަޅުގަނޑުމެންގެ އަތުގައި ހުންނަންޖެހޭނީ ކޮން އެއްޗެއްކަމާއި ނުހުންނަންޖެހޭނީ ކޮން އެއްޗެއްކަން ބުނެދިނުމުގެ ހައްގު އެއްވެސް ފަރާތަކަށް ލިބިގެން ނުވާތީ،" އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން، އީރާނުގެ ނިއުކްލިއާ ޕްރޮގްރާމާ މެދު ހުރި ކަންބޮޑުވުންތަކަށް ހައްލު ހޯދުމަށާއި އިތުބާރު ގާއިމުކުރުމަށް އީރާނުން ތައްޔާރަށް އޮތް ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ. އީރާނުގެ ނިއުކްލިއާ މަސައްކަތްތަކަކީ ސުލްހަވެރި ބޭނުންތަކަށް ކުރާ ކަމެއްކަމާ މެދު ސުވާލު އުފެދޭ ނަމަ، ޑިޕްލޮމެސީގެ ތެރެއިން އެކަންކަމަށް ޖަވާބުދާރީވާން ތައްޔާރު ކަމަށް އޭނާ ވިދާޅުވިއެވެ. އިތުރަށް ވާހަކަ ދައްކަވަމުން އަރަގްޗީ ވިދާޅުވީ، މިދިޔަ އަހަރު އެމެރިކާ އާއި އިސްރާއީލުން އީރާނުގެ ނިއުކްލިއާ މަރުކަޒުތަކަށް ދިން ހަމަލާތަކުން ބޭނުންވި ނަތީޖާ ހާސިލުނުވާ ކަމަށެވެ. "އިލްމާއި ހުނަރަކީ ބޮން އަޅައިގެން ނައްތާލެވޭނެ އެއްޗެއް ނޫން. ބޮން އެޅުމުން އިމާރާތްތައް ހަލާކުވެދާނެ، ނަމަވެސް ޓެކްނޮލޮޖީއެއް ނައްތައެއް ނުލެވޭނެ،" އޭނާ ވިދާޅުވިއެވެ. މި މެސެޖު އޮމާންގައި ދާދި ފަހުން ބޭއްވި ނުސީދާ މަޝްވަރާތަކުގައި އެމެރިކާއަށް ރައްދުކޮށްފައިވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. ޓްރަމްޕްގެ ސަރުކާރުން އަބަދުވެސް ބާރުއަޅަމުންދަނީ އީރާނުން ޔުރޭނިއަމް ފައްކާކުރުން މުޅިން ހުއްޓާލުމަށެވެ. އަދި ޑިޕްލޮމެސީ ނާކާމިޔާބުވެއްޖެ ނަމަ އަސްކަރީ ފިޔަވަޅު އެޅުމުގެ ފުރުސަތު އޮތް ކަމަށްވެސް އެމެރިކާއިން ވަނީ ތަކުރާރުކޮށް ބުނެފައެވެ. ނަމަވެސް އީރާނުން ބުނަމުންދަނީ އެއްވެސް ފިއްތުމަކަށް އެ ގައުމުން ބޯނުލަނބާނެ ކަމަށެވެ.

Related News