ދިވެހި|English Aug 24, 2026 · 09:33
Top banner
Advertisement
ކަޝްމީރު މުސްލިމުން މަތިން އެރުދުޣާން ހަނދާން ނައްތާލައިފި
World

ކަޝްމީރު މުސްލިމުން މަތިން އެރުދުޣާން ހަނދާން ނައްތާލައިފި

އއިބްރާހީމްް ސަމީރުSep 28, 2024
ކޮންމެ އަހަރަކުވެސް އދ. ގައި ތަޤްރީރު ކުރައްވާއިރު ތުރުކީގެ ރައީސް ރަޖަބު ޠައްޔިބް އެރުދުޣާންގެ ތަޤްރީރުގައި ކަޝްމީރުގެ ވާހަކަ ފާހަގަ ކުރައްވައެވެ. ނަމަވެސް މިއަހަރު އެރުދުޣާން ވަނީ ކަޝްމީރު މަތިން ހަނދާން ނައްތަވާލައްވާފައެވެ. މިއަހަރަކީ، އދ. ގައި ތަގްރީރު ކުރައްވަމުން ކަޝްމީރުގެ ނަންން ވިދާޅުނުވެ އެރުދުޣާން ދޫކޮށްލި ފުރަތަމަ ފަހަރެވެ. އެރުދުޣާން ޤަވާއިދުން ކޮންމެވެސް ގޮތަކުން ކަޝްމީރުގެ ނަން އަބަދުވެސް ތަގްރީރުގައި ގެންނަވައެވެ. އެކަން ބޮޑަށް ފާހަގަ ވެގެން ދިޔައީ، 2019 ވަނަ އަހަރުން ފެށިގެން އިންޑިއާއިން ކުރީގެ ޖަމްމޫ އެންޑް ކަޝްމީރު ބައިކުރުމަށްފަހު، ކަޝްމީރަށް ޚާއްސަ ދަރަޖައެއް ދިން ހިސާބުންނެވެ.

Related News