ދިވެހި|English Jul 10, 2026 · 01:39
Top banner
Advertisement
ސޯޝަލް މީޑިއާގެ ނުރައްކަލުން ކުޑަކުދިން ރައްކާތެރިކުރުމަށް ގައުމީ ކޮމިޓީއެއް
World

ސޯޝަލް މީޑިއާގެ ނުރައްކަލުން ކުޑަކުދިން ރައްކާތެރިކުރުމަށް ގައުމީ ކޮމިޓީއެއް

އއިބްރާހީމްް ސަމީރުFeb 11, 2026
އިންޓަރނެޓާއި ސޯޝަލް މީޑިއާގެ ވަސީލަތްތައް ބޭނުންކުރުމުގައި ކުޑަކުދިންނާއި ޒުވާނުންނަށް ކުރިމަތިވާ ނުރައްކާތަކުން ރައްކާތެރިކުރުމަށްޓަކައި، ޖޯޑަންގެ ސަރުކާރުން ޚާއްސަ ގައުމީ ކޮމިޓީއެއް އެކުލަވާލައިފިއެވެ. މި ނިންމުން ނިންމާފައިވަނީ ކަރަކް ސިޓީގައި ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމެއްގައެވެ. މި ކޮމިޓީގެ ރިޔާސަތު ބަލަހައްޓަވާނީ ޓެލެކޮމިއުނިކޭޝަން ރެގިއުލޭޓަރީ ކޮމިޝަން (ޓީ.އާރް.ސީ) ގެ ބޯޑް އޮފް ކޮމިޝަނާސްގެ ރައީސާ ލާރާ އަލްޚަތީބެވެ. އަދި މި ކޮމިޓީގެ ސެކްރެޓޭރިއަޓް ބަލަހައްޓާނީ ވެސް އެ ކޮމިޝަނުންނެވެ. މި ކޮމިޓީގައި ޑިޖިޓަލް އިކޮނޮމީ، ތައުލީމީ، ދާޚިލީ، އަދި އިޖުތިމާއީ ތަރައްގީއާ ބެހޭ ވުޒާރާތަކުގެ އިތުރުން ސައިބަރ ސެކިއުރިޓީ ސެންޓަރާއި މުވާސަލާތީ ޚިދުމަތްދޭ ކުންފުނިތަކުގެ އިސްވެރިން ހިމެނިވަޑައިގަންނަވައެވެ. ލާރާ އަލްޚަތީބު ވިދާޅުވި ގޮތުގައި، މި ކޮމިޓީ އުފެއްދުމަކީ ޑިޖިޓަލް ދުނިޔޭގައި ކުރިމަތިވަމުންދާ ގޮންޖެހުންތަކުން މުޖުތަމައު ރައްކާތެރިކުރުމަށް ޖޯޑާންއިން ދޭ އަހަންމިއްޔަތު ހާމަކޮށްދޭ ކަމެކެވެ.
"އަޅުގަނޑުމެންގެ އަމާޒަކީ ކުޑަކުދިންނާއި ޒުވާނުންނަށް ރައްކާތެރި އަދި ހަމަހަމަ ޑިޖިޓަލް މާހައުލެއް ގާއިމުކޮށްދިނުމަށް ބޭނުންވާ އުސޫލުތަކާއި ފަންނީ ވަސީލަތްތައް ފޯރުކޮށްދިނުން،" އޭނާ ވިދާޅުވިއެވެ.
މި ކޮމިޓީގެ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކަށް ކުޑަކުދިން ވަދެވޭ މިންވަރު ކޮންޓްރޯލްކުރުމަށް ހުރި ފަންނީ އަދި ގާނޫނީ ގޮތްތައް ދިރާސާކުރުން ހިމެނެއެވެ. އަދި އިންޓަރނެޓް ޚިދުމަތްދޭ ފަރާތްތަކުން އަމަލުކުރަންޖެހޭނެ އުސޫލުތައް ކަނޑައަޅައި، ވަކި މުއްދަތެއްގެ ތެރޭގައި އެކަންކަން ތަންފީޒުކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން، ހޭލުންތެރިކަން އިތުރުކުރުމަކީ މި ކޮމިޓީގެ މުހިންމު އެއް ތަނބެވެ. އެގޮތުން ކުޑަކުދިންނާއި ބެލެނިވެރިންނަށް އަމާޒުކޮށްގެން ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތައް ހިންގުމާއި، ތައުލީމީ މަންހަޖުގެ ތެރޭގައި ޑިޖިޓަލް ސަލާމަތާ ގުޅޭ ބައިތައް ހިމެނުމަށް ތައުލީމީ ވުޒާރާއާ ގުޅިގެން މަސައްކަތްކުރުމަށް ވަނީ ނިންމާފައެވެ. ސަރުކާރުގެ ތަރުޖަމާނު މުހައްމަދު އަލްމުއުމިން ވިދާޅުވި ގޮތުގައި، މި ނިންމުމަކީ ޒަމާނީ ޓެކްނޮލޮޖީގެ ފައިދާ ހޯދާއިރު، އޭގެ ނުރައްކަލުން ދަރިން ސަލާމަތްކުރުމަށް ދައުލަތުން އެޅި ހަރުދަނާ ފިޔަވަޅެކެވެ.

Related News