ދިވެހި|English Aug 24, 2026 · 08:05
Top banner
Advertisement
ޝީގެ އިގްތިސާދީ ސިޔާސަތަށް ފާޑު ކިޔުމުން ނިޒާމުން ގެއްލިއްޖެ
World

ޝީގެ އިގްތިސާދީ ސިޔާސަތަށް ފާޑު ކިޔުމުން ނިޒާމުން ގެއްލިއްޖެ

އއިބްރާހީމްް ސަމީރުSep 28, 2024
ޗައިނާ ސަރުކާރުން އިޤްތިޞާދު މެނޭޖުކުރާ ގޮތާމެދު ފާޑު ކިޔައި ވާހަކަ ދެއްކި އިކޮނޮމިސްޓަކު ނިޒާމުން ގެއްލިއްޖެއެވެ. ޒޫ ހެންގްޕެންގް މިހާރު ހުރި ތަނާއި މެދު ސުވާލު އުފެދިފައި ވަނީ އޭނާގެ ވާނުވާ ނޭގި ގިނަ ދުވަސްތަކެއް ވުމުންނެވެ. ޒޫއަކީ ޗައިނާގެ މަޝްހޫރު ތިންކް ޓެންކެއްގެ ޑެޕިއުޓީ ޑިރެކްޓަރުގެ މަގާމުގައި ހުރި މީހެކެވެ. ޒޫ ވަނީ، ވީޗެޓްގައި އަމިއްލަ ގްރޫޕެއް ހަދައިގެން ޗެޓެއްގައި ޗައިނާގެ ރައީސް ޝީ ޖިންޕިންގ ގެންގުޅުއްވާ އިޤްތިޞާދީ ސިޔާސަތަށް ފާޑު ކިޔާފައެވެ. ވޯލް ސްޓްރީޓް ޖާނަލް އިން ބުނެފައިވާ ގޮތުގައި ޒޫ ގެއްލިފައި ވަނީ އޭޕްރީލް މަހުން ފެށިގެންނެވެ. ދުނިޔޭގެ ދެވަނައަށް އެންމެ ބޮޑު އިގްތިސާދުގެ ޕްރޮޕަޓީގެ ދާއިރާއަށް އައިސްފައިވާ ހީނަރުކަމާއެކު ޤައުމުގައި ކޮންސިއުމާ ކޮންފިޑެންސް ވަނީ ގެއްލިފައެވެ. އައިއެމްއެފުން ރިޕޯޓުކޮށްފައިވާ ގޮތުގައި ޗައިނާގެ އިޤްތިޞާދަށް އެދެވޭ މިންވަރުގެ ދިރުމެއް އަދި ލިބޭނީ ކޮން އިރަކުން ކަމެއް ނޭނގެއެވެ.

Related News