ދިވެހި|English Jul 10, 2026 · 01:30
Top banner
Advertisement
ސަރުކާރު އެކުލަވާލާނީ ބީއެންޕީން: ޖަމާއަތޭ އިސްލާމީ އޮންނާނީ އިދިކޮޅު ޕާޓީއެއްގެ ގޮތުގައި
World

ސަރުކާރު އެކުލަވާލާނީ ބީއެންޕީން: ޖަމާއަތޭ އިސްލާމީ އޮންނާނީ އިދިކޮޅު ޕާޓީއެއްގެ ގޮތުގައި

އއިބްރާހީމްް ސަމީރުFeb 13, 2026
ބަންގްލަދޭޝްގައި ބޭއްވި 13 ވަނަ އާންމު އިންތިޚާބުގެ ވަގުތީ ނަތީޖާތައް ދައްކާގޮތުން ބަންގްލަދޭޝް ނޭޝަނަލިސްޓް ޕާޓީ (ބީއެންޕީ) އިން ބޮޑު ކުރިއެރުމެއް ހޯދައި ސަރުކާރު އެކުލަވާލުމުގެ ފުރުސަތު ބޮޑުވެއްޖެއެވެ. މިހާތަނަށް ލިބިފައިވާ އަދަދުތަކަށް ބަލާއިރު، ޖަމާއަތޭ އިސްލާމީ ޕާޓީ ވެގެންދާނީ އާ މަޖިލީހުގެ މައި އިދިކޮޅު ޕާޓީއަށެވެ. ޖުލައި 2024 ގެ އިންގިލާބަށްފަހު ބޭއްވި ފުރަތަމަ އާންމު އިންތިޚާބު ކުރިއަށް ގޮސްފައިވަނީ އަމާން އަދި އުފާވެރި މާހައުލެއްގައެވެ. މި އިންތިޚާބާ އެކު އެގައުމުގައި ވަނީ ގައުމީ ފެންވަރުގެ ރިފަރެންޑަމެއްވެސް ކުރިއަށް ގެންގޮސްފައެވެ. މިއަދު ހެނދުނު 7:30 އިން ފެށިގެން 9 ގަޑިއިރަށް ކުރިއަށްދިޔަ ވޯޓުލުން 42,659 މަރުކަޒެއްގައި ވަނީ ބާއްވާފައެވެ. އިލެކްޝަން ކޮމިޝަނުން ހާމަކޮށްފައިވާ ގޮތުގައި މިއަދު މެންދުރު 2 ޖެހުމާ ހަމައަށް ވޯޓުލީ މީހުންގެ ނިސްބަތަކީ 47.91 އިންސައްތައެވެ. ވޯޓުލާ މަރުކަޒުތަކުގައި ދިގު ކިއޫތައް ފެނިފައިވާއިރު، މިއީ 2008 ވަނަ އަހަރުގެ ފަހުން ބޭއްވުނު އެންމެ އަމާން އިންތިޚާބު ކަމަށް ވޯޓުލާން ދިޔަ ޒުވާނުންނާއި ދުވަސްވީ މީހުން ފާހަގަކޮށްފައިވެއެވެ. އޭގެ ތެރޭގައި ޖެސޯރްގެ މަނީރަމްޕޫރުން ވޯޓުލާން ދިޔަ އުމުރުން 120 އަހަރުގެ ސްވަރްނާ ބޭގަމްވެސް ހިމެނެއެވެ. ވެރިރަށް ޑާކާގެ ގިނަ މަރުކަޒުތަކުގައި ބީއެންޕީ އާއި ޖަމާއަތޭ އިސްލާމީގެ އޭޖެންޓުން ހަރަކާތްތެރިވަމުން ދިޔައެވެ. ނަމަވެސް ބައެއް މިނިވަން ކެންޑިޑޭޓުން ވަނީ އެމީހުންގެ އޭޖެންޓުންނަށް ބައެއް ތަންތަނުގައި ހުރަސްތަކާ ކުރިމަތިވި ކަމަށް ތުހުމަތުކޮށްފައެވެ. އިންތިޚާބު ބޭއްވި 299 ދާއިރާގެ ތެރެއިން ޝޭރްޕޫރު-3 ދާއިރާގެ ވޯޓުލުން ވަނީ ކެންޑިޑޭޓަކު ނިޔާވުމާ ގުޅިގެން ފަސްކޮށްފައެވެ. އިލެކްޝަންސް އޮފިޝަލުން ވިދާޅުވި ގޮތުގައި، ޕާލަމެންޓް އިންތިޚާބުގެ ވޯޓު ކަރުދާހާއި ރިފަރެންޑަމްގެ ވޯޓު ކަރުދާސް ވަކިކޮށް ގުނަން ޖެހޭތީ، ރަސްމީ ނަތީޖާ އިއުލާން ކުރުމަށް އިތުރު ވަގުތު ނަގާނެއެވެ. މިހާތަނަށް އިއުލާންކޮށްފައިވަނީ ބައެއް ދާއިރާތަކުގެ ވަގުތީ ނަތީޖާތަކެވެ.

Related News