ދިވެހި|English Aug 24, 2026 · 08:47
Top banner
Advertisement
ޕެރޫގެ ވަގުތީ ރައީސް ހޯސޭ ހެރީ މަގާމުން ވަކިކޮށްފި
World

ޕެރޫގެ ވަގުތީ ރައީސް ހޯސޭ ހެރީ މަގާމުން ވަކިކޮށްފި

އއިބްރާހީމްް ސަމީރުFeb 18, 2026
ޕެރޫގެ ގާނޫނު ހަދާ މަޖިލީހުން އެ ގައުމުގެ ވަގުތީ ރައީސް ހޯސޭ ހެރީ މަގާމުން ވަކިކުރުމަށް ފާސްކޮށްފިއެވެ. ހެރީ މަގާމުން ވަކިކުރުމަށް މަޖިލީހުން ނިންމީ އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ ކޮރަޕްޝަނުގެ މައްސަލަތަކަކާ ގުޅިގެންނެވެ. އުމުރުން 39 އަހަރުގެ ހޯސޭ ހެރީގެ މައްޗަށް ޝަރުޢީ ދާއިރާއިން ދަނީ ދެ ތަހުގީގެއް ހިންގަމުންނެވެ. މީގެ ތެރޭގައި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ވަކި ބަޔަކަށް ފައިދާ ހޯދައިދިނުމުގެ ތުހުމަތު ހިމެނެއެވެ. މި ނިންމުމާއެކު ޕެރޫ ވެގެން ގޮސްފައިވަނީ ފާއިތުވި 10 އަހަރުގެ ތެރޭގައި 8 ފަހަރަށް ވެރިކަން ބަދަލުވި ގައުމަކަށެވެ. ހެރީ ވެރިކަމާ ހަވާލުވެވަޑައިގަތީ މިދިޔަ އޮކްޓޫބަރު މަހުގެ 10 ވަނަ ދުވަހުއެވެ. އޭނާ މަގާމަށް އައްޔަންކުރެވުނީ، އޭރުގެ ރައީސާ ދީނާ ބޮލުއާޓޭއާ ދެކޮޅަށް ރައްޔިތުން ކުރި މުޒާހަރާތަކާ ގުޅިގެން އޭނާ މަގާމުން ދުރުކުރުމުންނެވެ. ކުރިން ރޭވިފައި އޮތް ގޮތުން ނަމަ، އަންނަ އޭޕްރީލް މަހުގެ 12 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުން ކާމިޔާބުވާ ފަރާތަކާ ޖުލައި މަހު ވެރިކަން ހަވާލުކުރެވެންދެން ހެރީ މަގާމުގައި ހުންނަވާނެއެވެ. ނަމަވެސް މަގާމުގެ ނުފޫޒު ބޭނުންކުރި ކަމުގެ ތުހުމަތުތަކާ ގުޅިގެން މަޖިލީހުން މިވަނީ އޭނާ މަގާމުން ދުރުކޮށްފައެވެ.  

Related News