ދިވެހި|English Aug 24, 2026 · 08:46
Top banner
Advertisement
އޮރެންޖު މީހާ މުސްލިމުންނަށް ރޯދަ ތަހުނިޔާ ކިޔައިފި
World

އޮރެންޖު މީހާ މުސްލިމުންނަށް ރޯދަ ތަހުނިޔާ ކިޔައިފި

އއިބްރާހީމްް ސަމީރުFeb 19, 2026
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ބަރަކާތްތެރި ރަމަޟާން މަސް ފެށުމުގެ މުނާސަބަތުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި މުސްލިމުންނަށް ހެޔޮއެދުންތަކާއި ތަހުނިޔާ ފޮނުއްވައިފިއެވެ. ވައިޓް ހައުސްއިން ނެރުނު ބަޔާނެއްގައި ރައީސް ޓްރަމްޕް ވިދާޅުވީ، ރަމަޟާން މަސް ފާހަގަކުރާ ހުރިހާ ފަރާތްތަކަށް އެމަނިކުފާނުގެ ހިތުގެ އިޚްލާޞްތެރި ހެޔޮއެދުންތައް ރައްދުކުރައްވާ ކަމަށެވެ. އަދި މިއީ ރޫހާނީ ގޮތުން އާކޮށްދޭ، ގަދަރުވެރި މުނާސަބަތެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މުސްލިމުންނާއި ހަތުވެރި ރައީސް ޓްރަމްޕްގެ މެސެޖުގައި ވިދާޅުވެފައިވަނީ، "ރަމަޟާން މަހަކީ ރޫހާނީ ތާޒާކަން ގެނެސްދޭ މުގައްދަސް މަހެއް" ކަމަށާއި، މިއީ ގިނަ އަދަދެއްގެ އެމެރިކާ ރައްޔިތުންނަށް ވެސް ވަރަށް ޚާއްޞަ މުހިންމުކަމެއް ދެވޭ މަހެއް ކަމަށެވެ. މީގެ އިތުރުން، މި މާތް މައސަރުގެ ސަބަބުން އާއިލީ ގުޅުންތަކާއި މުޖުތަމައުގެ ބަދަހިކަން އިތުރުވެގެންދާކަން ޓްރަމްޕް ފާހަގަކުރެއްވިއެވެ. އަދި ހަމްދަރުދީއާއި، ޞަދަޤާތް ދިނުމާއި، އޯގާތެރިކަމާއި، މަޑުމޮޅިކަން ފަދަ އިންސާނީ ރީތި ސިފަތައް މި މަހުގެ ސަބަބުން އާލާވެގެންދާ ކަމަށްވެސް ވިދާޅުވިއެވެ. ބަޔާން ނިންމަވާލައްވަމުން ރައީސް ޓްރަމްޕް ވަނީ ހުރިހާ މުސްލިމުންގެ ގޭބިސީތަކަށް އުފާވެރިކަން ލިބުމަށާއި، ދުނިޔޭގެ އެއްބައިވަންތަކަމާއި ސުލްހައަށް އެދިވަޑައިގެން ދުއާކުރައްވާފައެވެ.

Related News