ދިވެހި|English Jul 10, 2026 · 01:39
Top banner
Advertisement
ހޮނިހިރު ދުވަހަކީ ޔަހޫދީން ރާމާމަކުނަށް ބަދަލުކުރެއްވި ދުވަސް | މިއަދު ހަމަލަ މިދިނީ ކީއްވެގެންބާ؟
World

ހޮނިހިރު ދުވަހަކީ ޔަހޫދީން ރާމާމަކުނަށް ބަދަލުކުރެއްވި ދުވަސް | މިއަދު ހަމަލަ މިދިނީ ކީއްވެގެންބާ؟

އއިބްރާހީމްް ސަމީރުFeb 28, 2026
މަޝްވަރާއަށް ކަމަށް ބުނެ އެމެރިކާއިން ވަނި އީރާނަށް ދޯކާ ދީ އޮޅުވާލާފައެވެ. އެމެރިކާއާއި އިޒްރޭލުން ދިޔައީ މި ހމަލައަށް ތައްޔާރު ވަމުންނެވެ. އިސްރާއީލުގެ ބްރޯޑްކާސްޓިން އޮތޯރިޓީއާ ހަވާލާދީ ރިޕޯޓްކޮށްފައިވާ ގޮތުގައި، މިއަދު ހެނދުނު އީރާނަށް ދިން ހަމަލާއާ ގުޅިގެން އީރާނުގެ ސަރުކާރަށް ވަނީ ކުއްލި ސިހުމެއް ލިބިފައެވެ. ޔަހޫދީން އަސްކަރީ އޮޕަރޭޝަންތައް އާންމު ކޮށް ހިންގަނީ ރޭގަނޑުގެ ވަގުތުގަ އެވެ. އަދި މިފަހަރު ދުވާލު ގަޑީގައި ހަމަލަ ދީފައި ވަނީ އާދަޔާ ހިލާފު ގޮތަކަށެވެ. "މައާރިފް" ނޫހުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ހަމަލާތަކަށް ރައްދުދިނުމުގެ ގޮތުން ކުރިމަތިވެދާނެ ނުރައްކަލަކަށް ތައްޔާރުވުމަށާއި އެތެރޭގެ ސަލާމަތް ވަރުގަދަކުރުމަށްޓަކައި، އިސްރާއީލު ސިފައިން ވަނީ ލުބުނާނުގެ ބޯޑަރު ކައިރިއަށް 91 ވަނަ ޑިވިޜަން ފޮނުވައި، ރިޒާވް ފޯސްތަކަށް ގޮވާލާފައެވެ. ޔަހޫދީން ހޮނިހިރު ދުވަސް އިޚްތިޔާރުކުރުމަކީ އިސްތިރާޖީ ނިންމުމެކެވެ. ހޮނިހިރު ދުވަހަކީ މަދަނީ ހަރަކާތްތައް މަދު، އަދި ޔަހޫދީންނަކީ ހޮނިހިރު ދުވަހު އިލެކްޓްރޯނިކް ތަކެތި ބޭނުން ނުކުރާ ދުވަހެކެވެ. މި ދުވަހަކީ މިމީހުން އުރެދުމުން ﷲ އެމީހުން ރާމާ މަކުނުތަކަށް ބަދަލު ކުރެއްވި ދުވަސް ކަމަށް އަލްޢައުރާފް ސޫރަތުގައި ބަޔާން ކުރައްވައެވެ. މި ހަމަލާތަކުގެ މަގްސަދަކީ ހަމައެކަނި އަސްކަރީ ތަންތަނަށް އަމާޒުކުރުމެއް ނޫނެވެ. އޭގެ ބަދަލުގައި އީރާނުގެ ވެރިކަން ބަދަލުކޮށް ވައްޓާލުމަކީ މި އޮޕަރޭޝަނުގެ އިއުލާންކޮށްފައިވާ ލަނޑުދަނޑިތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

Related News